އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
ދަރިވަރުންގެ ފޮތްކޮޅެއް ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މި މަދަރުސާގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ޢަރަބި މީޑިއަމްގެ ބައެއް ފޮތް ޗާޕުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މަދަރުސާގެ ނަންބަރު B-MAI/AF/2015/111 (14 ޖޫން 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި ޝަރުޠު ހަމަވާ 3 އަންދާސީހިސާބު ނެތުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް (އަމީނިއްޔާސްކޫލް ކުރިމަތި / ޗާނދަނީމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް  (އަމީނިއްޔާސްކޫލް ކުރިމަތި / ޗާނދަނީމަގު) ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

09 ޖުލައި 2015 (ބުރާސްފަތި) ދުވަހުގެ 13:00 ށް

13 ޖުލައި 2015 (ހޯމަ) ދުވަހުގެ 13:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401 ނަންބަރު ފޯނާއެވެ.

18 ރަމަޟާން 1436

05 ޖުލައި 2015
ހޯދާ