މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ-ޒޯން ލައިސަންސް ޓްރެކް ހަދައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލްއިން ދޭކުރެހުމަކާއި އެއްގޮތަށް  އޭ-ޒޯން ލައިސަންސް ޓްރެކްގެ ދުއްވާ ސަރަޙައްދުގައި ކޮންކްރީޓުން ތަޅުން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިއިޢުލާނާއި ގުޅިގެން ކުރަންޖެހޭ މަސައްކަތް ތިރީގައި މިވަނީއެވެ.

  1. 50 ފޫޓް ދިގު 19 ފޫޓް ފުޅާ ކޮންކްރިޓް ތަޅުމެއް ހެދުން. ( ހަމައެކަނި ސައިކަލް ދުއްވުމަށް )

ވީމާ، މިމަސައްކަތް  އަމިއްލަތަކެތީގައިކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން https://forms.gle/2XTQ6UcnknUXZfNR8 މި ލިންކް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކުރެއްވުން އެދެމެވެ. ބިޑަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ބިޑްއިންފޯމޭޝަން ޝީޓް އަދި ބިޑް ހުށަހަޅާ ފޯމް ރަޖިސްޓްރޭޝަންގައިވާ އީމެއިލްއަށް ފޮނުވާދެވޭނެއެވެ. މި ބިޑުގެ މައުލޫމާތު ސެޝަން އޮންނާނީ 05 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 13.00 ގައި ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 08 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13.00 އެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެބޭރުގައި " އޭ-ޒޯން ލައިސެންސް ޓްރެކް ހެދުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މައުލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. މިއެސްޓިމޭޓްގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.  އަދި މިދެންނެވި ވިޔަފާރިތަކުގެ ވެރިފަރާތްތަކުން ބިޑާއި ގުޅިގެން ބޭއްވޭ އެއްވެސް ބައްދަލުވުމަކަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ އެފަރާތެއް ހަމަޖެއްސި ލިޔުމާއި އައިޑީ ކާޑް ކޮޕީ ބައްދަލުވުން ފެށުމުގެ ކުރިން ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކަށް މާރކްސް ދޭނެ ގޮތާއި ، އަންދާސީ ހިސާބު ހުށަހަޅުއްވާއިރު  ސަމާލުކަން ދެއްވަންވީ  މައިގަނޑު ކަންކަން ތިރީގައި މިވަނީއެވެ.

  1 މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް

މާރކްސް ދެވޭ ކްރައިޓީރިޔާ

މާކްސްދެވޭ މިންގަނޑު

ތަފްޞިލް

ފޯރމިއުލަރ

އަގު

80%

v     އަގަށް ދެވޭ މާރކްސް

v      މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާއަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ދެވޭނީ އެންމެ ކުޑަ އަގަށެވެ.

Benchmark price/Submitted price x Allocated percentage

މުއްދަތު

10%

v     މުއްދަތަށް ދެވޭ މާރކްސް

v     މާރކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާރކެއް ކަމުގައިބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާމުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

Benchmark price/Submitted price x Allocated percentage

ތަޖުރިބާ

10%

v     ވޭތުވެދިޔަ 3 އަހަރުގެ ތަޖުރިބާގެ ލިޔުންތައް ހުށަހަޅުން

v      ތަޖުރިބާގެ ބައިން މާރކްސް ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ބިޑްއިންފޮމޭޝަން ޝީޓްގައި ހިމެނިފައިވާނެއެވެ.

 

 2  ސަމާލުކަންދޭންވީ ކަންތައްތައް

v    ޢިއުލާނުގައި ކަނޑައަޅާފައިވާ ސުންގަޑިތަކަށް ސަމާލުވުން

v    ބިޑާއެކު ހުށަހެޅުމަށް ބިޑް އިންފޮމޭޝަން ޝީޓްގެ 6 ވަނަ މާއްދާގައިވާ ހުރިހާ ލިޔުންތައް ފުރިހަމަކޮށް ހުށަހެޅުން

 

v    ހުށަހެޅިފައިވާ އެސްޓިމޭޓް ބާޠިލްވާ މުއްދަތު މަދުވެގެން 30 ދުވަހަށް ވާންވާނެއެވެ.

 

3 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :

          ފޯންނަމްބަރ :         6600005

          އީ . މެއިލް :      [email protected]

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 ނޮވެންބަރު 2024
ހޯދާ