ދިވެހިރާއްޖެ
އިޢުލާން
ރ.ވާދޫ ކައުންސިލް ފުޓްސަލްކަޕް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
މިކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މުބާރާތް އޮންނާނީ، 2024 ޑިސެމްބަރ 31 ވާ އަންގާރަ ދުވަހުއެވެ. މި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު އާއްމުކުރެވިފައިވާނެއެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވެލައްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޑިސެމްބަރ 03 ވާ އަންގާރަ ދުވަހުގެ 10:00ގެ ކުރިން "ރ.ވާދޫ ކައުންސިލް ފުޓްސަލް ކަޕް 2024 ގައި ބައިވެރިވުމަށް އެދޭ ފޯމު" ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު މެއިލް ކުރައްވާނަމަ، ލިބުނުކަން ކަށަވަރު ކުރުމަކީ، ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.
18 ޖުމާދުލްއޫލާ 1446