މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ކައުންސިލް އޮފިސަރ

އިޢުލާނު

                                                    

މަޤާމު:

އެސިސްޓެންޓް ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-393018

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ،އެސް،3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ. / ކ. ގުރައިދޫ

މުސާރަ:

-/4465ރުފިޔާ

ސަރވިސް އެލަވަންސް:

-/1500ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް 2: -/700 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  • މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
  • ސިވިލް ސަރވިސްގެ އެ ރޭންކަކަށް މިނިމަމް ވޭޖްގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-   ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

2- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

3- ސަރުކާރާއި ކައުންސިލާއި އަދި ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހައި ތަންތަނުގެ މުދަލާ ފައިސާއާއި ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހައި ބޭންކް އެކައުންޓްކާއި ބެހޭ އެންމެހައި ކަންކަން ދައުލަތުގެ މާލިއްޔަތު ޤާނޫނާ ޤަވަޢިދާ އަދި ވިޔަމޮޑިއުލްގެ ތެރޭގައި އެލްޖީއޭގެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ ލަފަޔާ މަޝްވަރާ އާއި އެއްގޮތަށް ސެންޝަން ހިންގުމަށް ޙަވާލުވާ ޙާލަތުގައިވެސް ކުރުން. 

4- މުވައްޒަފުންގެ ޕެންޝަން ސްކީމާ ގުޅޭ އެންމެހާ ކަންކަމާއި ކައުންސިލްގެ ބޭންކް އެކައުންޓްގެ އެންމެހާ ކަންކަމާއި، މުސާރަ ޝީޓްތައް ހެދުމާއި، ވައުޗަރތައް ތައްޔާރުކުރުމާއި، ފައިސާ ބަލާގަތުމާއި، އޮންލައިން މަސައްކަތް ކުރުމަށް ކަނޑައަޅާ ފައިވާ އެންމެހާ ޕޯޓަލްތަކުގައި ކުރަންޖެހޭ މަސައްކަތްކޮށް އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިޔުން.

5- އިދާރާއިންދޭ ޚިދުމަތްތަކާއި ގުޅޭގޮތުންނާއި ހިންގާ އެކިއެކި ކަންކަމާއި ގުޅޭގޮތުން އިދާރާއަށް ލިބޭ / ލިބެންޖެހޭ އެންމެހައި ފައިސާ ބަލާގަނެ ޤަވަޢިދުގައިވާ ގޮތުގެމަތިން ރައްކާތެރިކަމާއެކު ބެލެހެއްޓުން.

6- ކައުންސިލަރުންނާ، އިދާރާގެ އެންމެހާ މުވައްޒަފުންނާ، އިދާރާގެ ބެލުމުގެ ދަށުން ހިންގާ އެންމެހާ ތަންތާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް މަހުންމަހަށް ޖަމާވޭތޯ ބައްލަވާ ޔަޤީންކުރުމާއި މުވައްޒަފުންނަށް ދިނުމަށް ކަނޑައެޅިފައިވާ މުސާރަ ސްލިޕްކޮޅުތައް ޙަވާލްކުރުން.

7- އިދާރާއިން ހިންގާ ޕްރޮޖެކްޓްތަކާއި އެކިއެކި ކަންކަމަށް ކުރާ ޚަރަދު ފައިސާ އާއި އަދި ދައުލަތުން އެކި ފަރާތްތަކަށް ރައްދު ކުރުމަށް ފޮނުވާ އެންމެހައި ފައިސާ ޤަވަޢިދުން ކަނޑައެޅިފައިވާ ގޮތުގެމަތިން ރައްދުކޮށްދިނުން.

8- ކައުންސިލް އިދާރާއާއި އިދާރާ ގެ ބެލުމުގެ ދަށުން ބަލަހައްޓާ އެންމެހާ ތަންތަން ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އެންމެހާ ފައިސާ އާއި ހޯދަން ބޭނުންވާ މުދާ ގަތުމަށް ބޭނުންވާ ފައިސާ ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާއާއި ސެކްޝަން ހެޑްގެ ބެލުމުގެދަށުން ހޯއްދެވުން.

9- ކޮންމެ އަހަރަކަށް ދައުލަތުން ކަނޑައަޅާ ބަޖެޓް، ގްރާންޓް ހޯދުމަށްޓަކައި އެކުލަވާލަންޖެހޭ ބަޖެޓްތައް ހެދުމުގެ އެންމެހައި މަސައްކަތް ސެކްޝަނުން އިސްނެންގެވުމާއެކު ކައުންސިލްގެ މާލީ ޒިންމާދާރުގެ ލަފާގެމަތީން އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާއެއްގޮތަށް ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރުން.

10- ގޮއިފާލައްބަ، ހިންނަ ފަދަ ތަންތަނާއި ކުއްޔަށް ދޫކުރެވޭ ބިންބިމާއި، ޢިމާރާތް ތަކުގެ ކުލިނެގުމާއިބެހޭ އެފަދަ ތަންތަން ކުށްޔަށް ދޫކުރުމާގުޅޭގޮތުން ހެދޭ އެއްބަސްވުންތަކަށް ބޭނުންވާ މާޢުލޫމާތު ފޯރުކޮށްދީ އެފަދަ ކުލި ތަކުގެ ރެކޯޑުތައް ބެލެހެއްޓުން.

11- ސަރުކާރާ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން އެކިފަރާތްތަކަށް ދޫކުރެވޭ ލޯނުތަކާއި ބެހޭގޮތުން ބަލަހައްޓަންޖެހޭ ހިސާބުތަކާއި ރެކޯޑްތައް ބެލެހެއްޓުން. އަދި އެކަމާއި ގުޅޭގޮތުން ފޮނުވަންޖެހޭ ރިޕޯޓްތަކާއި ފައިސާ ކަމާބެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.

12- ބަޖެޓް އެންޑް ފައިނޭންސް ސެކްޝަނުން ހިންގާ ބަލަހައްޓާ ފައިސާއާއި ގުޅޭގޮތުން ކުރެވޭ އެންމެހާ ކަންކަން ލާމަރުކަޒީ ޤާނޫނާ، މާލިއްޔާތު ޤަވާޢިދުގައި ބަޔާންކުރާ އެންމެހާ ފަރާތްތަކަށް ފޮނުވަންޖެހޭ އެންމެހާ ރިޕޯޓްތައް ކަނޑައެޅިގައިވާ ގޮތަށް މުއްދަތުގައި ތައްޔާރުކޮށް ފޮނުވުން.

13- ސަރުކާރާއި ރައްޔިތުންގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްޝަން ހިންގަވާ ވެރިއެއްގެ މަޝްވަރާގެ މަތިން ކުރުމާއި ސެކްޝަންގެ ހެޑް ނުވަތަ ތިޖޫރީ ޙަވާލުވެހުރި މުވައްޒިފަކު ޗުއްޓީ ނެންގެވުމުން ތިޖޫރީ އާއި ޤަވަޢިދުން ޙަވާލުވެ ފައިސާގެ އެންމެހައި މަސައްކަތްތައް ސެކްޝަނާއި ޙަވާލުވެގެން މާލީ ޒިންމާދާރުވެރިޔާ އާއި ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ މަޝްވަރާގެ މަތިން މާލިއްޔަތު ޤަވަޢިދާ އެއްގޮތަށް ކުރަމުންގެންދިޔުން.

14- ފައިސާގެ އެންމެހާ ހިސާބުތަކާ ގުޅޭގޮތުން މެނުއަލްކޮށް ބަލަހައްޓަންޖެހޭ އެންމެހާ ފޮތްތަށް ލިޔެ ދުވަހުން ދުވަހަށް ބެލެހެއްޓުން. މިގޮތުން، ލިބޭފައިސާގެ ދުވަހު ފޮތާއި، އައިޓަމްބާކީ ފޮތާއި، އެކައުންޓް ބާކީ ފޮތް ރިކޮންސިލިއޭޓްކުރުމާއި، ބިލް އެންޓްރީ ފޮތް ލިޔެ ބެލެހެއްޓުން.

15- ކައުންސިލް އިދާރާއިން ކަނޑައަޅާ އުސޫލެއްގެ މަތިން އިދާރާ ހުޅުވާ ލެއްޕުން.

މަޤާމުގެ ޝަރުޠުތައް:

1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

 

2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް

ތަޢުލީމީ ރޮނގު:  ނެތް

ޕްރިފަރޑް ޑިސިޕްލިމް:  ނެތް

ކޯ ޑިސިޕްލިން:  ނެތް 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިޢުލާނުގެ ސުންގަޑި ހަމަވަންދެން ރަސްމީ ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/Announcement/ViewDownloads/4
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5%

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

  • އެޑްމިނިސްޓްރޭޝަން ދާއިރާ
  • މެނޭޖްމެންޓް ދާއިރާ

5%

އެސެސްމަންޓް (އިމްތިނާހު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 01 ޑިސެމްބަރ 2024 އާއި 05 ޑިސެމްބަރ 2024 އާއި ދެމެދު، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަމްބަރ: 6640072 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ.

 

18 ޖުމާދަލްއޫލާ 1446

20 ނޮވެމްބަރ 2024

20 ނޮވެންބަރު 2024
ހޯދާ