ދިވެހިރާއްޖެ
އިޢުލާނު
|
|||||||||||
މަޤާމު: |
އެސިސްޓެންޓް ކައުންސިލް އޮފިސަރ |
||||||||||
މަޤާމުގެ ނަންބަރު: |
J-393017 |
||||||||||
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||
މަޤާމުގެ ރޭންކު: |
ޖީ،އެސް،3 |
||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މާލެއަތޮޅު ގުރައިދޫ ކައުންސިލްގެ އިދާރާ. / ކ. ގުރައިދޫ |
||||||||||
މުސާރަ: |
-/4465ރުފިޔާ |
||||||||||
ސަރވިސް އެލަވަންސް: |
-/1500ރުފިޔާ |
||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 2- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން. 3- ޕްރޮކިޔުމަންޓާ ގުޅޭ އެންމެހައި މަސައްކަތްތަކަށް ވިޔަ މޮޑިއުލްގެ ތެރެއިން ކަނޑައަޅާފައިވާ އެންމެހާ ރޯލްތައް ފުރިހަމަކޮށް އަދި އިދާރާ އާއި އިދާރާގެ ބެލުމުގެ ދަށުން ހިންގާ ބަލަހައްޓާ ތަންތަނަށް ފޮޅާ ސާފުކޮށް ބެލެހެއްޓުމަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަށް ކަމާގުޅޭ ސެކްޝަނުން އެދުމުން ހުސްނުވެ އިދާރާގެ ސްޓޮކަށް ހޯދައިދިނުން. 4- އިދާރާ އާއި އިދާރާގެ ބެލުމުގެ ދަށުން ބަލަހައްޓާ އެންމެހާ ތަންތަނަށް ބޭނުންވާ މުދަލާއި ތަކެތި ހޯދުމާއި އެތަންތަން މަރާމާތު ކުރުމާ ގުޅޭއެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން. 5- އިދާރާއިން ރާވާހިންގާ އެންމެހައި ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ޕްރޮކިޔުމަންޓްގެ ތެރެއިން ކުރަންޖެހޭ ކަންކަން ހިންގުން. 6- އިދާރާގެ ސެކްޝަން ޔުނިޓްތަކުން ހިދުމަތް ހޯދުމަށްއެދި ފޮނުވާ މަޢުލޫމާތާއި އެއްގޮތަށް ޕްރޮކިއުމަންޓް ގަވާއިދުތަކަށް ފެތޭގޮތަށް ޕްރޮޕޯސަލް ތަކާއި މަޢުލޫމާތު ޝީޓު ތައްޔާރުކުރުމާއި، އިޢްލާންކުރުމާއި، ބިޑުތަކާއި ގުޅިގެން ބީލަންވެރިންނަށް މަޢުލޫމާތު ދިނުމަށް ބާއްވަންޖެހޭ ސެޝަންތައް ބޭއްވުން 7- އިޢުލާން ކުރެވިގެން ނެގޭ އެންމެހައި ބިޑްތައް ބަލައިގަތުމާއި ބިޑްތައް އިވެލުއޭޓް ކުރުމާއި ބިޑްކޮމިޓީތައް ބާއްވާ ބިޑް ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުމާއި ބިޑްކޮމިޓީގެ ޔައުމިއްޔާތައް ތައްޔާރުކުރުމާއި ބީލަންތަކާއި ގުޅޭ އެންމެހައި މަސައްކަތް މާލިއްޔަތު ޤަވަޢިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަދި ވިޔަ މޮޑިއުލްގެ ތެރެއިން ސެކެޓްރީޖެނެރަލްގެ ލަފާގެމަތިން ކަންކަން ފުރިހަމަކޮށް ބިޑިންގ ޕްރޮސެސް ފުރިހަމަކޮށް ޕްރޮޖެކްޓް ހިންގުން. 8- ކައުންސިލުން ނިންމަ އެންމެހާ ޕްރޮޖެކްޓްތަކުގެ ބިޑިން މަރުޙަލާ ނިމުމާއެކު ކައުންސިލާ އެސްޖީގެ ލަފާގެމަތީން އެއްބަސްވުންތައް އެކުލަވާލާ އެއްބަސްވުންތައް ޙަވާލްކުރުން. 9- ކައުންސިލަރުންނާއި އިދާރާގެ މުވައްޒަފުން ރާއްޖޭގެ ރަށްރަށަށް އަދި ރާއްޖެއިން ބޭރަށް ކުރާ އެންމެހާ ރަސްމީ ދަތުރުތަކުގެ އެންމެހައި ކަންކަން ކަމާއިގުޅޭ ސެކްޝަނުން އެދުމުން ހަމަޖައްސައިދިނުން. 10- ކައުންސިލާ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެންމެހާ ތަންތަނުގެ ހަރުމުދަލުގެ ރަޖިސްޓްރީ މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުމާއި، ބައުވެ ހަލާކުވާތަކެތި ނީލަން ކިޔުމަށް ކުރަންޖެހޭ ކަންކަން ކުރުން 11- ސިވިލް ސަރވިސް ކޮމިޝަނާއި، ސީއެސްޓީއައި އިން މުވައްޒަފުންނަށް ހިންގާ ޓްރޭނިންގ ޕްރޮގްރާމްތައް މުވައްޒަފުންނާއި ގުޅިގެން ކުރިޔަށް ގެންދިޔުން. 12- އިދާރާގެ މީޑިއާ ކޯޑިނޭޓްރެއްގެ ޙައިސިއްޔަތުން، ކައުންސިލުން ހިންގާ އެންމެހާ ކަންކަމުގެ ފޮޓޯ ވީޑިއޯނެގުމާއި، ކައުންސިލްގެ ވެބްސައިޓާ ފޭސްބުކް އަދި ވައިބަރ ގްރޫޕްތަކަށް ޕޯސްޓްތައް ލުން 13- ކައުންސިލްގެ ވެބްސައިޓް އިތުރަށް ޑިވެލޮޕްކޮށް އަޕްޑޭޓް ކުރަމުން ގެންދިޔުމާއި އެކު ކައުންސިލްގެ ޖެމްސް އަދި 365، އަދި ވިޔަ މޮޑިއުލް، އައުޓްލުކް މެއިލްސަރވާ އަށް ދިމާވާ މައްސަލަތައް ބަލާ މުވައްޒަފުންނަށް އެކަންކަން ޙައްލުކޮށް ދެއްވަމުން ގެންދެވުން. 14- ފައިސާއާއި ބެހޭ މަސައްކަތްތަކުގައި ވިޔަމޮޑިއުލްގެ ހަވާލުކުރެވޭ ރޯލް އަދާކުރުން. 15- ކައުންސިލް އިދާރާއިން ކަނޑައަޅާ އުސޫލެއްގެ މަތިން އިދާރާ ހުޅުވާ ލެއްޕުން. |
||||||||||
މަޤާމުގެ ޝަރުޠުތައް: |
1- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
2- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
||||||||||
ގުޅޭ ވަޒީފާގެ ދާއިރާތައް: |
ތަޢުލީމީ ރޮނގު: ނެތް ޕްރިފަރޑް ޑިސިޕްލިމް: ނެތް ކޯ ޑިސިޕްލިން: ނެތް
|
||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މަޤާމަށް މުވައްޒަފަކު އައްޔަންކުރެވޭނީ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ އިންސައްތަ %60 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމަ އެވެ. |
||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 27 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ. |
||||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ، 01 ޑިސެމްބަރ 2024 އާއި 05 ޑިސެމްބަރ 2024 އާއި ދެމެދު، މާލެއަތޮޅު ގުރައިދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.
|
||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގެ އިތުރުން އާއްމުކޮށް ފެންނާނެހެން އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ ނަމްބަރ: 6640072 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" https://www.csc.gov.mv/Policy/Index/51 އިން ލިބެން ހުންނާނެއެވެ.
|
18 ޖުމާދަލްއޫލާ 1446
20 ނޮވެމްބަރ 2024