ދިވެހިރާއްޖެ
ލ. އިސްދޫ ސްކޫލް 8 ކްލާސްރޫމް (ފޭސް 2) ގެ ނުނިމި ހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
ލ. އިސްދޫ ސްކޫލް 8 ކްލާސްރޫމް (ފޭސް 2) ގެ ނުނިމި ހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)22-PU/1/2015/196 އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 8 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ދިނުން |
ޕްރީބިޑް މީޓިންގ |
އަންދާސީހިސާބު ހުށަހެޅުމަށް |
09 ޖުލައި 2015 ވަނަ ދުވަހު 13:00 |
14 ޖުލައި 2015 ވަނަ ދުވަހު 14:00 |
23 ޖުލައި 2015 ވަނަދުވަހު 14:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341138 ނަންބަރު ފޯނާއެވެ.
15 ރަމަޟާން 1436