ބ.މާޅޮހު މަސްޖިދުއްސަލާމުގައި އެޅުމަށް ބޭނުންވާ ނެވިލޯން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ބ.މާޅޮހު މަސްޖިދުއްސަލާމުގައި އެޅުމަށް ބޭނުންވާ ނެވިލޯން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ, ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން
|
- މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 ނޮވެމްބަރ 25 ވާ ހޯމަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް:([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.
|
މައުލޫމާތު
|
- ނެވިލޯނުގެ ބޯމިން 4 (ހަތަރެއް) މމ ހުންނަންވާނެއެވެ.
- ފޯރުކޮށްދެވޭ ނެވިލޯން އަކީ މިސްކިތުގައި އެޅުމަށް އެކަށީގެންވާ ނެވިލޯން އަކަށް ވާންވާނެއެވެ.
- މިސްކިތުގައި ސަފުހުންނަގޮތަށް، ސަފުގެ ލައިން ފާހަގަ ކޮށްފައި ހުންނަ ނެވިލޯން އަކަށް ވާންވާނެއެވެ.
- ބ.މާޅޮހަށް ފޮނުވުމަށް ބޯޓަށް އަރުވަދޭންވާނެއެވެ.(ނާލު ދައްކާނީ މިއިދާރާއިންނެވެ.)
- މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2024 ނޮވެމްބަރ 25 ވާ ހޯމަދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.
|
އަގު ހުށަހެޅުން
|
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 ޑިސެމްބަރ 01 ވާ އާދިއްތަދުވަހު 11:00ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގު ޝީޓު ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
- އީމެއިލް ޒަރިއްޔާ އިން ހުށަހަޅާ ބީލަންތައް ހުންނަންވާނީ ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިއެވެ.ސުންގަޑީގެ ކުރިން އީމެއިލް ޒަރިއްޔާއިން ބީލަމާއި އެކު ޕާސްވޯޑް މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް؛ [email protected])) އަށް މެއިލް ކުރައްވަންވާނެއެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.
|
މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު
|
- މަސައްކަތައް ހުށަހަޅާ އަގު: % 80
- މަސައްކަތައް ހުށަހަޅާ މުއްދަތު: % 10
- މަސައްކަތާއި ގުޅޭ ތަޖްރިބާ: % 10
|
އިތުރު މައުލޫމާތު
|
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
|