ދިވެހިރާއްޖެ
އިޢުލާން
ހެލްތު ޕްރޮޓެކްޝަންގެ ފަރާތުން، އަތޮޅުތަކުގެ ޞިއްޙީ ޙިދުމަތްދޭ ތަންތަނަށް ފޮނުވާ (ބޭހާއި، ވެކްސިންގ، ޕްރިންޓިންގ މެޓީރިއަލްސް އަދި މެޝިނަރީ ފަދަ ތަކެތި) ފޮނުވައި ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)23-PD(PMS)/23/2024/308 (29 އޮކްޓޯބަރ 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 20 ނޮވެމްބަރ 2024 ވާ ބުދަ ދުވަހުން ފެށިގެން 1 ޑިސެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 8 ޑިސެމްބަރ 2024 އާދިއްތަ ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2 ޑިސެމްބަރ 2024 ވާ ހޯމަ ދުވަހު ހެނދުނު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
18 ޖުމާދަލްއޫލާ 1446ހ.