ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހާގުޅިގެން ބޭއްވޭ މަސްރޭހާ ގުޅޭ

މަސްވެރިންގެ ދުވަހާގުޅިގެން ބޭއްވޭ މަސްރޭހާގުޅޭ

     

 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް (10 ޑިސެމްބަރ 2024) ފާހަގަކުރުމަށްޓަކައި ނެއްލައިދޫ ކައުންސިލާއި، ނެއްލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ބާއްވާ މަސް ރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ޓީމްތައް ތިރީގައިވާ ލިންކް މެދުވެރިކޮށް ފޯމް ފުރުއްވުން އެދެމެވެ. ނުވަތަ ކައުންސިލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 05 ޑިސެމްބަރ 2024، 13:00 ކަމުގައި ދަންނަވަމެވެ. މިމުބާރާތުގެ ޢާންމު ޤަވާއިދު އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ފޯރމުގެ ލިންކް: https://forms.office.com/r/xY0t3iQRrx

 

  • ޓީމެއްގައި ބައިވެރިވެވޭނީ މަދުވެގެން 04 މީހުން – ގިނަވެގެން ބައިވެރިވޭނީ 10 މީހުން
  • ތާރީޚް: 10 ޑިސެމްބަރ 2024 ( އަންގާރަ ދުވަސް)
  • މަހަށް ފުރުން: 16:30 (ހަވީރު)
  • މަހުން ލެފުން: 10:00 (ރޭގަނޑު)
  • 01 ވަނަ ޓީމަށް 5000.00 ރުފިޔާގެ ފައިސާގެ އިނާމް
  • 02 ވަނަ ޓީމަށް 2500.00 ރުފިޔާގެ ފައިސާގެ އިނާމް
  • 03 ވަނަ ޓީމަށް 1000.00 ރުފިޔާގެ ފައިސާގެ އިނާމް
  • އެންމެ ބަރުމަސް ބޭނި ޓީމަށް 500.00 ރުފިޔާގެ އިނާމް
  • އެންމެ މޮޅު ކެޔޮޅަށް 500.00 ރުފިޔާގެ ފައިސާގެ އިނާމް
20 ނޮވެންބަރު 2024
ހޯދާ