ދިވެހިރާއްޖެ
އިޢުލާން
ރ.ދުވާފަރު ގެތައް ރަޖިސްޓްރީ ކުރުމާއިބެހޭ:
ރ.ދުވާފަރު 31.04 ނަންބަރުގޭ ރ. ކަނދޮޅުދޫ ، އުޖާލާގެ އަލްފާޟިލް ޢަލީ މުޙައްމަދު އާއި ރ، ކަނދޮޅުދޫ، ހަޒާރުމާގެ އަލްފާޟިލާ ސާމިޔާ ނަޖީބް ނަމުގައި ރަޖިސްޓްރީކޮށް ދިނުމަށްއެދި މި އިދާރާއަށްވަނީ ހުށަހަޅާފައެވެ. މިގޭ މިފަރާތްތަކުގެ ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ ކުރިން މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް އަދި ޝަކުވާއެއް އެއްވެސް ފަރާތަކުން ހުށަހަޅަން ބޭނުންވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން ޝަރީއަތަށް މިގެއާއިބެހޭ ގޮތުން އެއްވެސް މައްސަލައެއް ހުށަހަޅަފައިވާނަމަ 2024 ނޮވެމްބަރ 28 ވަނަ ދުވަހުގެ 14:00 ސުންމިނެޓް ގެ ކުރިން މި އިދާރާއަށް އެކަން އެންގެވުން އެދެމެއެވެ.
މިމުއްދަތުގެ ތެރޭގައި އެއްވެސް ފަރާތަކުން އެފަދަ ކަމެއް މިއިދާރާއަށް ހުށަހަޅާފައިނުވާނަމަ، އެފަދަ ކަމެއްނެތީ ކަމަށް ބަލައި ރ.ދުވާފަރު 31.04 ނަންބަރުގޭ ރ. ކަނދޮޅުދޫ ، އުޖާލާގެ އަލްފާޟިލް ޢަލީ މުޙައްމަދު އާއި ރ، ކަނދޮޅުދޫ، ހަޒާރުމާގެ އަލްފާޟިލާ ސާމިޔާ ނަޖީބް ނަމުގައި ރަޖިސްޓްރީކޮށް ދިނުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
18 ޖުމާދުލްއައްވަލް 1446
20 ނޮވެމްބަރ 2024