މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މޭލް ކްލިއަރަންސް އޮފިސަރ

މަޤާމް :

މޭލް ކްލިއަރަންސް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު -/6000 ރުފިޔާ ( ހަ ހާސް ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު -/3000 ރުފިޔާ ( ތިން ހާސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ގަވައިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ ) 
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

މޭލް އޮޕަރޭޝަންސް ޑިވިޜަން

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ,
  • އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

މަޤާމްގެ މަސްޢޫލިއްޔަތުތައް

  • އޮފީސްތެރޭގައި ކުރަންޖެހޭ މޭލްގެ މަސައްކަތް ކުރުން
  • އެއަރޕޯރޓުން މޭލް ގެނައުމާއި އެއަރޕޯރޓަށް އަދި ޕޯސްޓް އައުޓްލެޓްތަކަށް މޭލް ގެންދިއުން
  • ކަނޑުދަތުރުކުރާ އުޅަދުތަކަށް މޭލް ގެންދިއުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ކުރެވޭ އިންޓަރވިއު އިން ފާސްވުން

މަސައްކަތުގެ ދާއިރާއިން  ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

  • ދިވެހިބަހާއި އިގިރޭސިބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަންކިޔަން އެނގޭ މީހެއްކަމުގައިވުން
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން
  • ރަސްމީގަޑީގެ އިތުރުން، އޮފީހުން ކަނޑައަޅާ ގަޑިތަކެއްގައި މަސައްކަތުގައި އުޅެވޭނެ، ބަރުތަކެތި އެއްތަނުން  އަނެއްތަނަށް އުފުއްލޭނެ ފުރިހަމަ ސިއްހަތެއްގެ ހުރި މީހެއްކަމުގައިވުން
  • ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބެލެމުންދާ މީހަކުކަމުގައި ނުވުން. 

ރަސްމީ މަސައްކަތު ގަޑި

  • ހެނދުނު 08:00 އިން ހަވީރު 4:00 އަށް.

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިން ފޮނުވާނަމަ ފޮނުވަންވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • **ވަކިވަކި ޑޮކިއުމެންޓްތައް ފޮނުވަންވާނީ އެއްޑޮކިއުމެންޓެއްގެ ގޮތުގައެވެ. އެނޫންގޮތަކަށް ފޮނުވާ ޑޮކިއުމެންޓްއެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ސުންގަޑި:

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 27 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ  14:00ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 27 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 14:00 އާ ހަމައަށް  މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ. 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިންޓަވިއު:

  • އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް

ވަޒީފާއަށް އެދޭފޯމު ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.  https://www.maldivespost.com/media/downloads/job-application-form

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ 7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

20 ނޮވެންބަރު 2024

20 ނޮވެންބަރު 2024
ހޯދާ