މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލް ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ކުރެވިފައިވާ ޢިއުލާނުތަކަށް (IUL)GS-130/22/2024/9, (IUL)GS-130/22/2024/17, (IUL)GS-130/22/2024/20)) އެކި ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރި ނަމަވެސް ބީލަން ހުށަހަޅާފައި ނުވާތީވެ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 20 ނޮވެމްބަރ 2024 ން 28 ނޮވެމްބަރ 2024 ގެ ނިޔަލަށް ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ސްކޫލް އޮފީހަށް ހުށަހަޅަން ވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ނޮވެމްބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 01 ޑިސެމްބަރ 2024ވަނަ ދުވަހުގެ 13:00 ގައިމިސޫލްގައެވެ.
- މިބީލަމާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
- މިބީލަމާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހިތާދޫ ސްކޫލް
ބ. ހިތާދޫ، ދިވެހިރާއްޖެ
ފޯން ނަންބަރު: 6600314
އީ-މެއިލް: [email protected]
20 ނޮވެންބަރު 2024
ހޯދާ