ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފ. އަތޮޅުތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ފ.އަތޮޅު ތަޢުލީމީ މަރުކަޒު |
|
|
ފ.ނިލަންދޫ، |
އިޢުލާން ނަންބަރ: |
(IUL)GS37-B/GS37/2024/37 |
ދިވެހިރާއްޖެ. |
ޕްރޮކިއުމަންޓް ނަންބަރު: |
(P)GS37/2024/03 |
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- 2025 ޖަނަވަރީ 01 އިން 2025 ޑިސެންބަރު 31ގެ ނިޔަލަށް 01އަހަރުދުވަހުގެ މުއްދަތަށް މި މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މިކަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން 2024 ނޮވެންބަރު 20 ން 2024 ނޮވެންބަރު 27 ގެ ނިޔަލަށް ތިރީގައިވާ އީމެއިލް މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 ނޮވެންބަރު 26 ވަނަ ދުވަހުގެކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން 2024 ޑިސެމްބަރ 04 ވަނަ ދުވަހުގެ 11:00 ގައިފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީހުގައި އޮންނާނެއެވެ.
- މި މަސައްކަތުގެ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
- މި މަސައްކަތާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފ. އަތޮޅު ތަޢުލީމީ މަރުކަޒު
ފޯން: 7952909
އީ-މެއިލް: [email protected]
18 ޖުމާދަލްއޫލާ 1446
20 ނޮވެންބަރު 2024
20 ނޮވެންބަރު 2024
ހޯދާ