މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފާޙާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

          ނަންބަރު: (IUL)491-CDS3/491/2024/141

 

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފާޙާނާތައް މާރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ފާޙާނާތައް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.

 

  • ބީލަމާއިގުޅޭ މަޢުލޫމާތު ސެޝަން 24 ނޮވެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

  • އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 28 ނޮވެމްބަރު 2024، ބުރާސްފަތި ދުވަހުގެ މެންދުރު 1200ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.

 

  • ބީލަމާއިގުޅޭ ސަރވޭ ސެޝަން 26 ނޮވެމްބަރު 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

  • ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 01 ޑިސެމްބަރު 2024 ވާ އާދިއްތަ ދުވަހުގެ 09:00 ގައި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.

މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  • މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
  • އަމީނީ މަގު، މާފަންނު
  • ކ.މާލެ، 20392

                               18 ޖުމާދަލްއޫލާ 1446ހ.

                              20 ނޮވެމްބަރު 2024މ.

20 ނޮވެންބަރު 2024
ހޯދާ