ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން އަދި މަދަޙަ މުބާރާތް 1446 ގައި ބައިވެރިވުމަށް ހުޅުވާލުން
1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މި ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވައިލަމެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 3 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މިމުބާރާތުގެ ވަނަވަނައަށް އަންނަ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
ޤުރުއާން މުބާރާތުގެ ކޮންމެ އުމުރުފުރައެއްގެ ކޮންމެ ގޮއްޕަކުން:
- ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
- ވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް
- ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
ޤުރުއާން މުބާރާތުގެ ކޮންމެ ގޮއްޕަކުން މުޅި މުބާރާތުން:
- ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
- ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މަދަޙަ މުބާރާތު ގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ އާއި މުޅި މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވޭނެއެވެ.
މަދަޙަ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން:
- ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
- ވަނަ -/5000ރ، ކްލާކާއި ސެޓްފިކެޓް
- ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މަދަޙަ މުބާރާތުގެ މުޅި މުބާރާތުން:
- ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
- ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
- ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް https://quranmadhaha.malecity.gov.mv މި ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެއެވެ. މި ދެ މުބާރާތުގެ އުޞޫލުތައް https://cdn.malecity.gov.mv/website/documents/Xgc6EIXsuZpYaiDaFd7J2-USOOL_GURUAAN.pdf އަދި https://cdn.malecity.gov.mv/website/documents/kKxorXDgFvBAJCwkGK20d-USOOL_MADHAHA.pdf މި ލިންކުން ޑައުންލޯޑުކުރެވޭނެއެވެ.
މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 19 ނޮވެމްބަރ 2024 ގެ ހެނދުނު 09:00 އިން ފެށިގެން 30 ނޮވެމްބަރ 2024 14:00 ގެ ނިޔަލަށެވެ.
މި ދެ މުބާރާތުގައި ބައިވެރިވާ ދަރިވަރުން އިތުރު މަޢުލޫމާތެއް ހޯދަން ބޭނުންވާ ނަމަ މާލެ ސިޓީ ކައުންސިލްގެ ކޯލްސެންޓަރ 1622 އަށް ގުޅުންއެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.