ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އާއި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީ.ޖީ.އެމް) ގުޅިގެން 7 ޑިސެންބަރު 2024 ވާ ހޮނިހިރު ދުވަހު، މާލޭގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ މުބާރާތުގެ އަމާޒަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައްކަށް މިދާއިރާއިން ފުރުސަތު ފަހިކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި އެފަރާތްތައް ބައިވެރިކުރުމެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 1 ޑިސެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަދި އިރުޝާދު މި އިޢުލާނާ އެއްއުރަ ކުރެވިފައިވާ ކަރުދާހުގައި ހިމެނިފައިވާނެއެވެ.