ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ފަންޑަމެންޓަލްސް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސް ތަމްރީން ޕްރޮގްރާމް

އިޢުލާން

ފަންޑަމެންޓަލްސް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސް ތަމްރީން ޕްރޮގްރާމް

ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށާއި އަދި މިދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިތަމްރީނުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅެއްގެ ވަނަވަރު ޤައުމީ ކުތުބުޚާނާގެ ޓްރެއިނިންގ މެއިލްއަށް([email protected])  30 ނޮވެމްބަރ 2024 ގެ 14:00 ގެ ކުރިން މެއިލް ކުރެއްވުން އެދެމެވެ.  

  • ތަމްރީންގެ ނަން: ފަންޑަމެންޓަލްސް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސް
  • ތަން: ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް
  • މުއްދަތު: 10 ޑިސެމްބަރ 2024 އިން 25 ޑިސެމްބަރ 2024 އަށް
  • ވަގުތު: 08:30 އިން 14:00 އަށް
  • ޖާގަ: 20

މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ފާޠިމަތު ޝަހުނީޒް (3007209) އަށެވެ.  

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

19 ނޮވެންބަރު 2024
ހޯދާ