ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕްލޮޓް ނަންބަރު: 410 ގައި ހުރި ތަކެތި ނެގުމާގުޅޭ

HDC(161)-MPR/IU/2024/261ނަންބަރު:

އިއުލާން

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޕްލޮޓް ނަންބަރު: 410 ގައި ހުރި ތަކެތި ނެގުމާގުޅޭ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ޕްލޮޓް ނަންބަރު: 410 (އިއުލާނާ އެއްކަރުދާސް ކުރެވިފައިވާ ސަރަހައްދު) ގައި ބަހައްޓާފައިވާ ކޮންސްޓްރަކްޝަން އިކުއިޕްމަންޓެއް (ފޮޓޯ އެއްކަރުދާސް ކުރެވިފައި) އެ ސަރަހައްދުން ނެގުމަށް ބޭނުންވެއެވެ.

ވީމާ، ދެންނެވުނު އިކުއިޕްމަންޓުގެ ވެރިފަރާތެއް ވާނަމަ، މި ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުމަށްފަހު، މިއަދުން ފެށިގެން ހަތް (07) ދުވަހުގެ ތެރޭގައި މި އިކުއިޕްމަންޓު އެ ސަރަހައްދުން ނެގުމަށް ދަންނަވަމެވެ. އަދި ދެންނެވުނު މުއްދަތުގައި މި އިކުއިޕްމަންޓް އެ ސަރަހައްދުން ނަގާފައި ނުވާނަމަ، މި ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން އިކުއިޕްމަންޓާމެދު އަމަލުކުރެވޭނެ ވާހަކަވެސް އާންމުކޮށް އަންގައި އިއުލާން ކުރަމެވެ.

އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން މި ކޯޕަރޭޝަނަށް ދެއްވާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރުދަންނަވަމެވެ.16 ޖުމާދުލްއައްވަލް 1446

 

18 ނޮވެމްބަރު 2024

 

18 ނޮވެންބަރު 2024
ހޯދާ