ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ.
މިކައުންސިލާއި އަދި މިކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި ބައުވެ އަދި ހަލާކުވެފައި ހުރި ބައެއްތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މިގޮތުން ނީލަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލް އިދާރާގެ ގޯތިތެރޭގައި.
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 29 ނޮވެންބަރު 2024 ވާ ހުކުރު ދުވަހުގެ 16:00
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނޭ ނަންބަރ: 6840006
މިއިޢުލާނާއި އެކުގައި ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި ، ނީލަމުގައި ތަކެތި ވިއްކުމަށް ހަމަޖެހިފައިވާ އަގުތައް އަދި އެތަކެތީގެ ނީލަމުގެ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގުގެ މަޢުލޫމާތު އެއްކަރުދާސްކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭކާޑު ހިފައިގެން ދުރުވުމަށް ދެންނެވީމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު:
- ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.
- ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 03 (ތިނެއް) ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް 03 (ތިނެއް) ބައިވެރިން ހަމަނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް 02 (ދޭއް) ނުވަތަ 01 (އެކެއް) ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ. އަދި މުދާ ނީލަން ކިޔުމަށް ދެވަނަ ފަހަރަށް އިޢުލާންކުރުމުންވެސް އެއްވެސް ފަރާތަކުން ބައިވެރިނުވެއްޖެނަމަ އެމުދާ ނީލަން ކިޔުމުގެ އުޞޫލުގެ 09 ވަނަ މާއްދާގައިވާގޮތުގެ މަތިން ނައްތައިލެވެނޭއެވެ.
- ނީލަން ކިޔަން ފެށޭނީ މަތީގައިވާ ތާވަލުގައިވާ ބައިތަކުގެ (ލޮޓް) ނަންބަރު ވަކިންނެވެ. މިގޮތަށް ނީލަން ކިޔާއިރު ނީލަން ފެށޭ އަގަކީ މަތީގައިވާ ތާވަލުގައިވާ "ނީލަން ކިޔަން ފެށޭ އަގު" މިއެވެ.
- ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. އަދި ނީލަމުގައި ބައިވެރިއަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގު ހުށަހެޅުމުގެ ފުރުޞަތު 03 (ތިނެއް) ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވާ އެހެންފަރާތަކުން ހުށަހަޅާފައިނުވާނަމަ، އެއަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ބެލޭނެއެވެ.
- ނީލަން ނިމުނުގޮތް ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް ނީލަން ކާމިޔާބުކުރި ފަރާތަށް "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ޙަވާލުކުރެވޭނެއެވެ.
- ނީލަން ކާމިޔާބުކުރި ފަރާތުން ނީލަން ކާމިޔާބުކުރި އަގު ނީލަން ނިމޭ ދުވަހުން ފެށިގެން ސަރުކާރު ބަންދު ނޫން 03 (ތިނެއް) ދުވަހުގެ ތެރޭގައި މިކައުންސިލުގެ ނަންބަރ 7710700379001 (އެކައުންޓް ނަން: 1467-ރެވެނިއު-01) އެކައުންޓަށް ފައިސާ ޖަމާކުރައްވައި ( ސްލިޕްގެ ރިމާކްސްގައި ނީލަން ނަންބަރު އެގޭގޮތަށް ލިޔުމަށްފަހު) މިކައުންސިލްގެ ހޮޓްލައިން ނަންބަރ 9356677 އަށް ސްލިޕް ވައިބަރ ކުރުމަށް ދަންނަވަމެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ޙަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެމުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާސްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެމުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާސްނުކޮށްފިނަމަ، އެމުދަލެއް އަލުން ނީލަން ކިޔުމަށް އިޢުލާނު ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތްތަކަށް ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ނޮވެންބަރު 2024
ހޯދާ