ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީގެ ތާރުއަޅާފައިވާ މަގުތަކުގައި އެކްސްކަވޭޓާރ ދުއްވުމާއި ގުޅޭ
ކުޅުދުއްފުށީގެ ތާރު އަޅާފައިވާ މަގުތަކުގައި އެކްސްކަވޭޓާރ ދުއްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަންވަނީ ފާހަގަ ކުރެވިފައެވެ. މިކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި، މިއަދުން ފެށިގެން ތާރު މަގުތަކުގައި އެކްސްކަވޭޓަރ ދުއްވަން ނުވަތަ އުފުލަން ޖެހޭނީ ރަބަރު ޓްރެކް ނުވަތަ ޓްރޮލީ ބޭނުން ކޮށްގެން ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
19 ނޮވެންބަރު 2024
ހޯދާ