ދިވެހިރާއްޖެ
އިޢުލާން
ރާއްޖޭގެ ކަންކޮޅުތަކުގައި އެމް.ޓީ.ސީ.ސީ ތަމްސީލުކުރާ އިންޖިނިއަރުންތަކެއް ކަނޑައެޅި، އިންޖިނިއަރުން މެދުވެރިކޮށް ކަސްޓަމަރުންނަށް ދެމުން ގެންދާ ޚިދުމަތްތައް ފުޅާކޮށް، ކުންފުނިން ވިއްކަމުން ގެންދާ އާލާތްތައް އިތުރަށް ވިއްކުމަށް ބާރުއެޅުމަށްޓަކައި ސެޓިފައިޑް އިންޖިނިއަރުން ހޯދުމަށް ބޭނުންވެއެވެ. މި އިންޖިނިއަރުންނަކީ ކުންފުނީގެ މުވައްޒަފުން ނޫންކަމާއި މި ފަރާތްތައް ވާނީ ކަނޑައެޅޭ އަތޮޅުތަކުގައި ކުންފުނި ތަމްސީލުކުރާ ފަރާތްތަކެއްގެ ގޮތުގައެވެ.
ސެޓިފައިޑް އިންޖިނިއަރުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އަތޮޅު:
|
އަތޮޅު |
|
މ |
|
ތ |
|
ސ |
- ސެޓިފައިޑް އިންޖިނިއަރުން ހޮވުމުގައި ބެލޭނެ ކަންތައް:
- އިންޖިނިއަރުންގެ އުމުރަކީ 18 (އަށާރަ) އަހަރާއި 65 (ފަސްދޮޅަސް ފަސް) އަހަރާ ދެމެދުގެ އުމުރު
- އެންމެ މަދުވެގެން އިންޖިނިއަރުންގެ ކިބައިގައި 3 (ތިން) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ހުރުން.
- އިންޖިނިއަރެއްގެ ގޮތުގައި ފުލްޓައިމްކޮށް އުޅޭ ފަރާތަކަށްވުން
- ވޯކްޝޮޕެއް ނުވަތަ އެފަދަ ވަސީލަތްތަކެއް ހުރި ފަރާތްތަކަށް އިސްކަންދެވޭނެ
- އިންބޯރޑް އަދި އައުޓްބޯރޑް މި ދެބާވަތުގެ އިންޖީނު މަރާމާތު ކުރަން ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެ
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 23 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން، އަތޮޅުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން އެ ރަށެއްގެ ކައުންސިލްގެ އިދާރާތަކަށް ނޫނީ މި އިދާރާ އަށް ހުށަހެޅުއްވުން ނުވަތަ 3314050 މި ނަންބަރަށް ފެކްސް ކުރެއްވުން ނުވަތަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ. ސެޓިފައިޑް އިންޖިނިއަރުންކަމަށް އެދި ހުށަހަޅާ ފޯމު އެމްޓީސީސީގެ ވެބްސައިޓް (www.mtcc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މީގެ އިތުރުން މިފޯމު ރަށްރަށުގެ ކައުންސިލްގެ އިދާރާތަކުންނާއި ކަށަވަރު ޝޯރޫމް އިންވެސް ލިބެން ހުންނާނެ ވާހަކަ ދެންނެވީމެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7908484 އާ ގުޅުއްވުން އެދެމެވެ.
13 ރަމަޟާން 1436
