ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެމެދުމަތި ފަންނުގައި ފެންވަޅެއް ބަހައްޓައި ފެންވައިރު އެޅުން

1. އަމިއްލަ ތަކެތީގައި ދެމެދުމަތި ފަންނުގައި ފެންވަޅެއް ބަހައްޓައި ފެންވަޔަރިންގ އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)245-MIM/245/2024/90 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅުއްވާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިންވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.

2. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރު 26 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ [email protected] އަށެވެ. ނުވަތަ ރަސްމީ ގަޑީގައި މި އިދާރާގެ ކައުންޓަރަށެވެ.

3. މި މަސައްކަތަށް ކޯޓޭޝަން ހުށަހަޅުއްވާނީ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކޯޓޭޝަން ހުށަހަޅާ ފޯމުންނެވެ. ކޯޓޭޝަން ހުށަހެޅުއްވުމުގެ ކުރިން މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް ބެއްލެވުމަށްފަހު، މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އެކަމެއް ސާފުކުރައްވަން ވާނެއެވެ.

4. މައުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ފޯނުންނަމަ 6501013 އަށް ގުޅުއްވުން އެދެމެވެ.

18 ނޮވެންބަރު 2024
ހޯދާ