ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑު އަޕްގުރޭޑްކުރުން

1. މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ހއ. އުލިގަމު ފުޓްސަލް ދަނޑު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

2. މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ‏19‏ ނޮވެމްބަރ‏ 2024 އިން ‏27‏ ނޮވެމްބަރ‏ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.office.com/r/zv29d64FnK

3. މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ ‏28‏ ނޮވެމްބަރ‏ 2024‏ ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލު ކުރެއްވުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501013 އަށް ގުޅުއްވުން އެދެމެވެ.

4. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏05‏ ޑިސެމްބަރ‏ 2024‏ ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މި އިދާރާގެ މީޓިންގެ ރޫމުގައެވެ.

5. ބީލަން ފޮތާއި، ކުރެހުންތައް މި އިޢުލާނާއެކު ހިމެނިފައި ވާނެއެވެ.

18 ނޮވެންބަރު 2024
ހޯދާ