މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިދާރާގެ ޖަލްސާކުރާ މާލަމް މާރާމާތުކުރުމުގެ މަސައްކަތް

 

ޕްރޮޖެކްޓް ނަންބަރ:

PC-227/2024/P-14

އިޢުލާން ނަންބަރު:

(IUL)227-AD-PM/227/2024/53

 

 

ބިޑު ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއިދާރާގެ ޖަލްސާކުރާ މާލަމް މާރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް  މި އިދާރާގެ ވެބްސައިޓުން(shaviyani.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (  gazette.gov.mv)  25 ނޮވެމްބަރ 2024ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 25 ނޮވެމަބަރ 2024ވާ ހޯމަ ދުވަހު ހެނދުނު 10:00ގައި މިއިދާރާގައި އޮންނާނެއެވެ.
  4. ބިޑު ހުށައެޅުން އޮންނާނީ  ‏2024‏ ނޮވެމްބަރ‏ 28ވާ ބުދަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑުތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑުތައް ބަލައެއް ނުގަނެވޭނެއެވެ.
  5. ހުށައަޅާ ބިޑުތައް ވަޒަންކުރާނޭ މިންގަނޑާއި، ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު ތަކާއި އިތުރުމައުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]

ކޮޕީ:        [email protected]

 19‏ ނޮވެމްބަރ‏ 2024

19 ނޮވެންބަރު 2024
ހޯދާ