ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
ށ. މިލަންދޫ ސިނާއީ ސަރަހައްދުން ކުލީ ބިން ދޫކުރުމަށް ކުރި ނަންބަރ: (IUL)284-PL/284/2024/74 (19 ނޮވެމްބަރ 2024) އިޢުލާނުން، ބިން ދޫކުރުމަށް އެކުލަވާލެވިފައިވާ އުސޫލަށާއި، މަޢުލޫމާތު ޝީޓަށް އައި ބަދަލު ތަކާއި ގުޅިގެން އިޢުލާން ބާޠިލްކޮށް، އަލުން ބިންތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ށ. މިލަންދޫ ސިނާއީ ސަރަޙައްދުން، ފައިބަރގްލާސް މަސައްކަތް ކުރުމަށާއި، ވެއަރހައުސް، ގަރާޖު، ވޯކްޝޮޕް، ސިމެންތިގައުއެޅުން ފަދަ މަސައްކަތްތަކަށް، 10 އަހަރުދުވަހުގެ މުއްދަތަށް ބިންދޫކުރުމަށް ކައުންސިލުންވަނީ ނިންމާފައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. ބިން ކުއްޔަށް ނެގުމަށް އެދި ކުރިމަތިލެވޭނީ އަންނަނިވި ފަރާތްތަކަށެވެ.
- ޢާއްމުފަރުދުން.
- ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތައް.
- އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތައް.
- ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތައް.
- ދޫކުރުމަށް ކަނޑައަޅާފައިވަނީ 5000 އަކަފޫޓް (100’x50’)ގެ 6 ބިން (ބިމުގެ ނަންބަރ: 6،5،4،3،2،1 ބޯޓް ބިލްޑިންގ އާއި ފައިބަރގްލާސް މަސައްކަތް ކުރުމަށް) އަދި 3000 އަކަފޫޓް (60’x50’)ގެ 6 ބިން (ބިމުގެ ނަންބަރ: 12,11,10,9,8,7 ސިމެންތި ގައު، ވެއަރހައުސް، ގަރާޖު، ވޯކްޝޮޕް ހެދުމަށް)
- ބިމު ކުލީގެ ގޮތުގައި ހުށަހަޅާ އަގު އަކަފޫޓަކަށް 0.25 (ފަންސަވީސް) ލާރިއަށްވުރެ ދަށްވެގެން ނުވާނެއެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2024 ނޮވެމްބަރ 26 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް އަދި މިކަމާއި ގުޅޭގޮތުން މިލަންދޫ ކައުންސިލުން އެކުލަވާލައިފައިވާ އުސޫލު، އަދި ބިންއޮތްތަން އެނގޭނެ ޗާޓް މި އިޢުލާނުގައި އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް ފޯރުކޮށްދެވޭނެއެވެ.
- ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
ޕްރޮޕޯސަލް ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 ޑިސެމްބަރ 2 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، ހުށަހަޅަންޖެހޭނީ ކޮންމެ ބިމަކަށް ވަކި ޕްރޮޕޯސަލެކެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު، ޕްރޮޕޯސަލް އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮންބާވަތެއްގެ ބިމަކަށްއެދި ހުށަހަޅާ ޕްރޮޕޯސަލެއްކަން ލިޔެފައި އޮންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ޕްރޮޕޯސަލްތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ.