ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީ މަގުމަތީ ލައިޓް، ބަނދަރު ލައިޓް، ކައުންސިލް އިދާރާ ލައިޓް އަދި މިސްކިތްތަކުގެ ލައިޓާއި ލައުޑު މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

ގދ.ފިޔޯރީ މަގުމަތީ ލައިޓް، ބަނދަރު ލައިޓް، ކައުންސިލް އިދާރާ ލައިޓް އަދި މިސްކިތްތަކުގެ ލައިޓާއި ލައުޑު މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުން

ގދ.ފިޔޯރީ މަގުމަތީ ލައިޓް އަދި ބަނދަރު ލައިޓް މަރާމާތުކޮށް ބަލަހައްޓާނެފަރާޓެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (IUL)422-B1/422/2024/71 މަޢުލޫމާތު ޝީޓަށްއައި ބަތަލުތަކާއި ގުޅިގެން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް 1 (އެކެއް) އަހަރު މުއްދަތަށް ގދ.ފިޔޯރީ މަގުމަތީ ލައިޓް، ބަނދަރު ލައިޓް، ކައުންސިލް އިދާރާ ލައިޓް އަދި މިސްކިތްތަކުގެ ލައިޓާއި ލައުޑު މަރާމާތްކޮށް ބަލަހައްޓާނެ ފަރާތެއް ބޭނުންވެއްޖެއެވެ.  މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ނޮވެމްބަރ 25 ވާ ހޯމަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި  ބާއްވާ މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވެ ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމުގެ ދައުވަތު އަރުވަމެވެ. މި އިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މައުލޫމާތު ބައްދަލުވުމުގައި ރަޖިސްޓަރވާ ފަރާތްތަކަށް އީމެއިލް ކުރެވޭނެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ޑިސެމްބަރ 2 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަން ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވެފައެވެ.

މައުލޫމާތު ބައްދަލުވުމުގައި ބައިވެރިނުވާފަރާތްތަކާއި ގަޑިޖެހިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

18 ނޮވެމްބަރ 2024

18 ނޮވެންބަރު 2024
ހޯދާ