މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ޔުނިފޯމު ފަހައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކުންފުނީގެ މުވައްޒަފުންނަށް 2015 ވަނަ އަހަރަށް ބޭނުންވާ 1500 ފަޓުލޫން މި ކުންފުނިން ފޮތި ދިނުމުން ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު 71/113-PRC/I-2015/ އިޢުލާނަށް ހުށަހެޅިފައިވާ އަންދާސީިހިސާބުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި ކުންފުނީގެ މުވަޒަފުންނަށް 2015 ވަނަ އަހަރަށް ބޭނުންވާ 1500 ފަޓުލޫން މި ކުންފުނިން ފޮތި ދިނުމުން ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ.

ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

މައުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

12 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 11:00

16 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 11:00

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

15 ރަމަޟާން 1436

06 ޖުލައި 2015
ހޯދާ