ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ގިނަ ދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުން
މި އޮފީހުގައި ހުރި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަމުގައި ވިއްކާލުމަށް އިއުލާނު ކުރި ނަންބަރު: (IUL)433-CA/1/2024/1 އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީ، އެތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން އިއުލާނު ކުރަމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މައުލޫމާތާއި އިތުރު ތަފްސީލް މި އިއުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި ތަފްސީލުގައިވާ ފަދައިން އަގު ހުށަހަޅަން ވާނީ ކޮންމެ ބަޔަކަށް/ލޮޓަކަށް ވަކިވަކިންނެވެ.
މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަސް ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފައިނޭންސް ގެ ބަޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންގޮސްފިނަމަ ހަމަޖެހިފައިވާ އުސޫލުން ތަކެތި ނައްތާލެވޭނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަށް (ހ. ކެލީތިއާގެ 4 ވަނަ ފަންގިފިލާއަށް) ހާޒިރުވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.