މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
44 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޑިސެންބަރު 12 އިން 14 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އެގްޒިބިޝަނަށް އާޓްވޯކު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމާ ގުޅޭގޮތުން ކޮށްފައިވާ މި މިނިސްޓްރީގެ (IUL)30-D/30/2024/163 ނަންބަރު އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

އާޓް އެގްޒިބިޝަނަށް އާޓްވޯކް ހުށަހެޅުމުގެ މުއްދަތު ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މިހާރު ވަނީ އިތުރުކުރެވިފައެވެ. މި އާޓް އެގްޒިބިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް https://forms.gle/WGtdvzT3zNKXLzFT7  ފުރިހަމަ ކުރެއްވުމަށް ފަހު ސުންގަޑީގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

       މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އަދި އިރުޝާދު މި އިޢުލާނާ އެކު އެއްއުރަ ކުރެވިފައިވާ ކަރުދާހުގައި ހިމެނިފައިވާނެއެވެ.

18 ނޮވެންބަރު 2024
ހޯދާ