ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

  1. ފުވައްމުލަކު ބަނދަރު ސަރަޙައްދުން ޓޫރިޒަމް ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރ(IUL)468-APS/468/2024/251 އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ.
  2. މި އިޢުލާންގެ ދަށުން ދޫކުރެވޭ ބިންތަކަކީ ބަނދަރު ސަރަޙައްދުން ޑައިވިންގ ސްކޫލްގެ ބޭނުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކެވެ. ވީމާ ފުވައްމުލަކު ބަނދަރު ސަރަޙައްދުން ދޫކުރެވޭ 1200 އަކަފޫޓްގެ 09 ބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
  • ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ބިޑު ޑޮކިއުމެންޓް ވިއްކައިގެންނެވެ. އެގޮތުން ބިޑް ޑޮކިއުމެންޓެއްގެ އަގަކީ $100.00 (އެއްސަތޭކަ އެމެރިކާ ޑޮލަރ) އެވެ. (IUL)468-APS/468/2024/251 ނަންބަރ އިޢުލާން އާއި ގުޅިގެން ބިޑް ގަނެފައިވާ ފަރާތްތަކުން އިތުރަށް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.
  1. ބިޑް ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކަށެވެ.
  2. ބިޑް ޑޮކިއުމެންޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން 25 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 13:00  ގެ ކުރިން މި އިދާރާގެ ޕްރޮކިއުމަންޓް ޔުނިޓްގެ މެއިލްއަށް ([email protected]) ބިޑް ގަންނަން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ފަރުދެއްނަމަ ނަމާއި އެޑްރެސް/ ކުންފުންޏެއް ނަމަ ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކުރި ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 26 އަދި 27 ނޮވެމްބަރ 2024 ގެ ރަސްމީ ގަޑީގައެވެ.
  3. ބީލަމާއި ގުޅޭ މައުލޫމާތު ބައްދަލުވުން 01 ޑިސެމްބަރ 2024 ވާ އާދީއްތަ ދުވަހު 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައި އޮންނާނެއެވެ.
  4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން: 6862812

  އީމެއިލް: [email protected]

18 ނޮވެންބަރު 2024
ހޯދާ