އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 

މަޤާމުގެ ރޭންކް:

 ޖީ. އެސް. 3

އަސާސީ މުސާރަ:

 -/4465 ރުފިޔާ

 

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: -/1500 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35

- ލިވިންގ އެލަވެންސް: -/2550 ރުފިޔާ

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

މަޤާމުގެ އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން. ނުވަތަ؛
  2. މަސައްކަތު ފެންވަރުބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު:

  1. ކޯޓަށް ލިބޭ ފައިސާ ބަލައިގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ފައިސާ ހަވާލުކުރުމާއި، ފައިސާއާބެހޭ އެންމެހައި ފޮތްތައް ލިޔެ ބެލެހެއްޓުން.
  2. ބޭންކަށް ފޮނުވަންޖެހޭ ފައިސާ ބޭންކަށް ޤަވާޢިދުން ޑިޕޮޒިޓްކުރުމާއި، އެކަމާގުޅޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުން.
  3. ބަޖެޓް ފައިސާއާބެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ރެކޯޑް ބެލެހެއްޓުމާއި، ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ރިޕޯޓުތައް ފޮނުވުން.
  4. ކޯޓުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވެންސްތައް ދިނުމާބެހޭ އެންމެހައި މަސައްކަތްކުރުން.
  5. ކޯޓުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމާބެހޭ އެންމެހައި މަސައްކަތްކުރުން.
  6. ކޯޓަށް ދައްކަންޖެހޭ ފައިސާ މީސްމީހުންގެ އަތުން ހޯދުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  7. ކޯޓުތަކުން އަންނަ ފައިސާއާބެހޭ ސިޓީ މެސެޖުފަދަ ތަކެއްޗާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

 

 

ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (އައްޑުއަތޮޅު މަރަދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެ)   

- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ފޮޓޯ ކޮޕީ (އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ އަޞްލުތައް)

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެޓެސްޓްކޮށް، ތައްގަނޑު ޖަހާފައިވާ އަޞްލުތައް)

- ދިވެހި ރައްޔަތެއްކަން އަންގައިދޭ ކާޑު ކޮޕީ.

- ވަޒީފާއެއްގައި އުޅެފައިވާނަމަ، ވަޒީފާ އަދާކުރިކަމުގެ ލިޔުން.

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

- 2015 ޖުލައި 12 ވަނަ ދުވަހުގެ 14:00

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6891522 ނަންބަރު ފޯނަށެެވެ. ފެކްސް ނަންބަރަކީ 6891742 އެވެ. 

14 ރަމަޟާން 1436

01 ޖުލައި 2015
ހޯދާ