ދިވެހިރާއްޖެ
ނީލަމުގައި ބައިވެރިވުމުގެ ދަޢުވަތު
ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ނީލަން ކިޔުމާގުޅޭ
މި އޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދުވަހު ނީލަމުގެ އުސޫލުން ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް ތަކެތި ދެއްކުމަށް ހަމަޖެހިފައިވަނީ 2024 ނޮވެންބަރ 25 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ގަމު ކެމްޕަހުގެ ސީ. ބްލޮކް (މަތިމަރަދޫ ސްކޫލް) ގައެވެ.
ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2024 ނޮވެންބަރ 28 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް މި ކެމްޕަހުގެ ސީ. ބްލޮކް (މަތިމަރަދޫ ސްކޫލް) އަށް ވަޑައިގެން ދެއްވުން އެދެމެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން 03 ދުވަސްތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނަށް ދެއްކުމަށްފަހު، ލަސްވެގެން 05 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް އެތަކެތި އަލުން ނީލަމަށް ލެވޭނެއެވެ. ނީލަމުން ތަކެތި ކާމިޔާބުކުރެއްވުމަށް އެތަކެތި ނުގެންދެވި ފަރާތަށް ތިންވަނަ ފަހަރަށް ކިޔާ ނީލަމުގައި ބައިވެރިނުވެވޭނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
ގަން ކެމްޕަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ލ. ގަން ދިވެހިރާއްޖެ ފޯން: 3345231 އީ-މެއިލް: gc@mnu.edu.mv |
18 ނޮވެންބަރ 2024