ފެމިލީ ކޯޓް
ދިވެހިރާއްޖެ
ކޯޓު މާސްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޯޓު މާސްޓަރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަސައްކަތް ކުރަންޖެހޭ ތަން:

ފެމިލީ ކޯޓު

އަސާސީ މުސާރަ:

5020:00 ރުފިޔާ

 

 

އެލަވަންސްތަކާއި ޢިނާޔަތްތައް:

- ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

- ލިވިންގ އެލަވަންސް: 2700.00 ރުފިޔާ

- ރިސްކް އެލަވަންސް: 3000.00 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

 

އަސާސީ ޝަރުޠު:

1- މަޤާމުގެ  މަސައްކަތްކުރުމުގެ  ހުނަރު/ޤާބިލްކަން  ސާބިތުކޮށްދިނުމާއެކު،  ސަރުކާރުގެ  ލޯއެންފޯސްމަންޓް ދާއިރާއެއްގައި ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަތީ ސާނަވީ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުމާއެކު، ޖީ. އެސް. 3 ގެ ރޭންކުގައި މަދުވެގެން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

މަޤާމުގެ އެހެނިހެން ޝަރުޠު:

- ދިވެހިބަހާއި އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- ފިރިހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓު 3 އިންޗި ހުރުން. އަދި އަންހެނެއްނަމަ، އިސްކޮޅުގައި 5 ފޫޓް ހުރުން.

- ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތު ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުމާއެކު، އެހެނިހެން ކުށެއްގައި ޙުކުމެއް ކޮށްފައިވާނަމަ، އެ ޙުކުމް ތަންފީޒުކުރިތާ 7 އަހަރުދުވަސް ވެފައިވުން.

- އުމުރުން 18 އަހަރު ފުރި، 45 އަހަރު ނުފުރޭ މީހެއް ކަމުގައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

- ޝަރީޢަތުގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

- ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

- ކޯޓުގެ ތެރޭގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމާއި، ކޯޓުގެ ތެރޭގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން.

 

 

 

 

ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓުން (www.familycourt.gov.mv ން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސެޓުފިކެޓް ލެވެލުން މަތީ ސެޓުފިކެޓްތައް ހުށަހަޅަންވާނީ، އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީއެވެ.)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެހެންކަމުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

ސުންގަޑި:

23 ޖުލައި 2015 ގެ 13:30

 

 

 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ، މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

- ޕަބްލިކް އޯޑަރ ޓްރެއިނިންގ، ޕްރައިމަރީ ރެސްޕޮންސް ޓީމް ޓްރޭނިންގ ނުވަތަ ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ ފަދަ ޓްރޭނިންގ ހަދާފައިވާ ފަރާތްތައް، ފިޔަވައި އެހެން ފަރާތްތައް ވަޒީފާއަށް ހޮވުމުގެ ކުރިން، ފިޒިކަލް ފިޓްނަސް ބެލުމުގެ ޓެސްޓަކުން ފާސްވާންޖެހޭނެއެވެ.

- މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން، އިޢުލާނާ އެއްގޮތަށް ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

13 ރަމަޟާން 1436

 

 

30 ޖޫން 2015
ހޯދާ