މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ބ. ފުޅަދޫ ކުނިކޮށި އަދި ކުނިގޮނޑު މެނޭޖުކޮއްދޭނެ ފަރާތެއް ހޯދުން.

 

މިރަށު ކުނިކޮށި އަދި ކުނިގޮނޑުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް 2 އަހަރުދުވަހަށް، ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލުމާތު ދިނުމާއި އަގު ހުށައެޅުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާގައެވެ. އަދި މައުލޫމާތު ދިނުމުގު ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާޒީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

 

މަޢުލޫމާތު ދިނުން

21 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00

އަގު ހުށަހެޅުން

25 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 11:00

            

           އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6602600 ފޯނާއި ގުޅުއްވުން އެދެމެވެ.

                  މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

18 ނޮވެންބަރު 2024
ހޯދާ