މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ " ރައްޔިތުންގެ މަސް ރޭސް 2024 " އައުޓްސޯސް ކުުރުމާއި ގުޅޭ

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ރައްޔިތުންގެ މަސް ރޭސް 2024" އައުޓްސޯސް ކުރުމާއި ގުޅޭ

         މިކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި،  ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސް ބޭނުމުގެ މުބާރާތެއް (މަސް ރޭހެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

           މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 10 ޑިސެމްބަރ 2024  މަސްވެރިންގެ ދުވަހުއެވެ.

          ވީމާ މިމުބާރާތް އިންތިޒާމް ކޮށް ހިންގައިދިނުމަށް އެދޭ ކްލަބް ޖަމްޢިއްޔާ، ޖަމާޢަތް ތަކާއި  އަދި މުއައްސަސާތަކާއި ކުންފުނިފަދަ ފަރާތްތަކުން 21 ނޮވެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، ޕްރޮޕޯސަލް އީމެއިލް[email protected]  މެދުވެރިކޮށް ނުވަތަ މި އިދާރާއަށް ދުރުވެ ހުށަހެޅުއްވުން އެދެމެވެ.

 ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މުހިންމު ބައިތައް

1-     ހުށަހަޅާފަރާތުގެ ވަނަވަރު

2-     މުބާރާތް އިންތިޒާމްކުރާނެ ގޮތުގެ ތަފްޞީލް

3-     ހިނގާނެ ޚަރަދު  އަދި ތަފްޞީލް

        މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ނޮވެންބަރު 2024
ހޯދާ