ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނީ ބަނދަރު ސަރަހައްދުގައި ކެފޭ / ރެސްޓޯރަންޓް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން

ކޮޅުމަޑުލު ބުރުނީ ބަނދަރުގެ ހުޅަނގު ސަރަހައްދުން މަސްޖިދު ބުރުނި މިސްކިތުގެ ހުޅަނގުން އޮތް ހުސްބިމުގެ ތެރެއިން 2000 އަކަފޫޓްގެ ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިއްމަވާފައިވާތީ،މިދެންނެވި ސަރަހައްދުތަކުގައި ކެފޭ / ރެސްޓޯރަންޓް ޤާއިމްކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނަށް ބީލަން / ޕްރޮޕޯސަލް ހުށަހެޅުއްވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު 19/2014 ( ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 18/2014 ) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިއެވެ.

 

ނަންނޯޓްކުރުން / ރަޖިސްޓްރޭޝަން

  • މިބީލަމުގައި ބައިވެރިވުމަށް -/500 ރުފިޔާ ( ފައްސަތޭކަ ރުފިޔާ ) ގެ ނޮން – ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 17 ނޮވެންބަރު 2024 އިން 24 ނޮވެންބަރު 2024 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް މިއިދާރާގެ ނަންބަރު 7725700329001 އެކައުންޓަށް ޓްރާންސްފަރކޮށްގެންނެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ސްލިޕްގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.
  • ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ.
  • ބިންނަންބަރު MC001 ޚާއްސަކުރެވިފައިވަނީ ކެފޭ / ރެސްޓޯރަންޓް ވިޔަފާރިއަށެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފްކުރުން

  • މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވެ ލައްވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 25 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑު / ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން، މިބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނުވާނެއެވެ.
  • މަޢުލޫމާތު ސާފްކުރުމަށް ޙާޟިރުނުވެވޭ ފަރާތްތަކަށް، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.
  • މި ބިޑާގުޅޭ އެންމެހައި ލިޔެކިއުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިއިދާރާއިން 17 ނޮވެންބަރު 2024ފެށިގެން ލިބެންހުންނާނެއެވެ. އަދި ބިޑާއިގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލް މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
  • މިބިޑާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ އީ މެއިލް ކުރައްވާނީ 25 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 ގެކުރިން ތިރީގައިވާ އީ މެއިލް އެޑްރެހަށެވެ.
  • ބަދަލުގައި ފޮނުވާ ފަރާތުގެ މަޢުލޫމާތު ( ފުރިހަމަ ނަމާއި، އައިޑީކާޑުނަންބަރު ، ގުޅޭނެ ފޯނުނަންބަރު ) އިނގޭނެގޮތަށް ސިޓީއެއް ގެންނަންވާނެއެވެ.

ބިޑު ( އަންދާސީ ހިސާބު ) ހުށަހެޅުން

  • ބިޑު / ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 27 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 13:30 ގައި ބުރުނީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑު / ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅާފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • ބިޑްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
  • ކޮޅުމަޑުލު ބުރުނީ ބަނދަރު ސަހަރައްދުން ބިންދޫކުރުމުގައި އަކަފޫޓަކަށް ޖެހޭނެ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 0.58ރ ( ފަންސާސް އަށްލާރި ) އެވެ. 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބުރުނީ ކައުންސިލްގެ އިދާރާ

ރޯޝަނީމަގު / ތ. ބުރުނި

ފޯން:  +9606780038

އީމެއިލް: [email protected]

 

މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ނޮވެންބަރު 2024
ހޯދާ