ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ޑިސެމްބަރ 11 އިން 14 އަށް މާލެ ސިޓީގައި "މަސްވެރިންގެ ފޯރަމް" ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާޢަތާއި ގުޅުންހުރި އެކިއެކި މަޢުލޫމާތު ފޯރުކޮށްދިނުމާއި، މި ސިނާޢަތުގައި ހުރިދަތިތައް ހައްލުކުރާނެ ގޮތްތަކާއި ސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމެވެ. މި ފޯރަމްގައި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަދި ދުވަހާ ގުޅިގެން މާލެ ސިޓީގައި ބޭއްވޭ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ދަޢުވަތު، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ކަނޑައެޅޭ 2 ފަރާތަކަށް ދިނުމަށްވަނީ މިނިސްޓްރީއިން ނިންމާފައެވެ. މި 2 ފަރާތަކީ ކޮންމެ ރަށެއްގެވެސް ކަނޑު މަސްވެރިކަން ތަމްސީލުކުރާނެ، މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވަމުންދާ، މަސްވެރިކަން ކުރާ އުޅަނދެއްގެ ކެޔޮޅު، ނުވަތަ ފަޅުވެރިޔަކަށްވާންވާނެއެވެ. މި ބައިވެރިންގެ ދަތުރު ޚަރަދާއި، ހުރުމާއި ކެއުމުގެ ޚަރަދު މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.
ވީމާ، ކުޅުދުއްފުށީ ސިޓީގެ ފަރާތުން މި ފޯރަމްގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ ފޯން ނަމްބަރަށް ގުޅުއްވައިގެން (ރަސްމީ ކޮންމެ ދުވަހެއްގެ 08:00 އިން 14:00އަށް) ނަން ނޯޓްކުރުން އެދެމެވެ. 2 ފަރާތައް ވުރެ ގިނަ ފަރާތުން ކުރިމަތިލާފައިވާނަމަ ބައިވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތު ނަގައިގެންނެވެ.
ލިންކް : https://forms.gle/oYK16DvXRZpEatoZA
ފޯން ނަންބަރު: 6527173
ސުންގަޑި: 20 ނޮވެމްބަރު 2024 ގެ 14:00