ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ހުޅުދެލީގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރީންގެ ދަފްތަރު އެކުލަވާލައި ނާރެސް ޕޯޓަލްއަށް އަދާހަމަކުރުމާބެހޭ

ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގައިވާ ގޮތުގެމަތީން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން އެއް ދަފްތަރެއްގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކުރިއަށް ގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ. އެގޮތުން ރަޖިސްޓްރީ ކޮށްގެންނާއި ރަޖިސްޓްރީ ނުކޮށް ގެންގުޅޭ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށާއި އެހެނިހެން މަޢުލޫމާތުތައް މިދަފްތަރުގައި ހިމެނުމަށް ބޭނުންވެއެވެ.

އެހެން ކަމުން މިދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުން 18 ނޮވެމްބަރ 2024 ން 30 ނޮވެމްބަރ 2024 އަށް މިއިދާރާގައި ކުރިއަށް ދާނެއެވެ. މިމުއްދަތުގައި ދަފްތަރުގައި ރަޖިސްޓްރީކުރުން ކުރިއަށް ދާނެ ގަޑިތައް ތިރީގައި އެވަނީއެވެ.

ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ހެނދުނު 10:00 ން 13:00 އަށް.

ހުކުރު ދުވަހު މެންދުރުފަހު 14:00 ން 16:00 އަށް

ހޮނިހިރު ދުވަހު ހެނދުނު 09:00 ން 13:00 އަށް

ވީމާ، މިރަށުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ހުރިހާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވޯރކް ޕާރމިޓް، ޕާސްޕޯރޓް ނުވަތަ އެނޫންވެސް ބިދޭސީންގެ މަޢުލޫމާތު ހިމެނޭ ލިޔުމަކާއެކު ބިދޭސީން މިއިދާރާއަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް މަޢުލޫމާތު އަދާހަމަކުރުމަށް އެފަދަ ބިދޭސީންވެސް މިއިދާރާއަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި ހަމައެހެންމެ، އަދާހަމަކުރަންޖެހޭ މަޢުލޫމާތު ތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތުގެ މަޢުލޫމާތުވެސް ހިމެނޭތީ، މިފަދަ މަޢުލޫމާތު ފޯރުކޮށްދެވޭނެ ފަރާތެއް ބިދޭސީންނާއެކު ޙާޟިރުވުމަށް ދަންނަވަމެވެ. މިކަމުގައި ބިދޭސީން ގެންގުޅުއްވާ އެންމެހައި ފަރާތްތަކާއި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ދަންނަވަމެވެ.   

ވީމާ، މިކަން  ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ނޮވެންބަރު 2024
ހޯދާ