ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ނ. ހޮޅުދޫ)

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

 މަޤާމް:

 އިލެކްޓްރީޝަން

 ބޭނުންވާ އަދަދު:

 01 (އެކެއް)

 މަޤާމުގެ ގިންތި

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 03

 މުސާރަ:

 މަހަކު  6000.00 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %25

 - ލިވިންގ އެލަވަންސް: އަސާސީ މުސާރައިގެ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނ. ހޮޅުދޫ ސައިޓުގައެވެ. ނަމަވެސް ވަޒީފާގެ   މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 - މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް 4ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ،

 - ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 1-2 އަހަރު   ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

 - މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 - ކަރަންޓު މަސައްކަތަށް އެކަށީގެންވާ މުވައްޒަފުން ދެނެގަނެ މަސައްކަތްތައް ރާވައި ހިންގޭނެ   އިންތިޒާމު ހަމަޖެއްސުން.

 - ކުންފުނީގެ ވެހިކަލްތަކަށް ދިމާވާ ކަރަންޓު މައްސަލަތައް ދެނެގަނެ ޙައްލުކުރުން.

 - ކުރެވޭ ހުރިހާ މަރާމާތެއް ވަކިން އެނގޭނެހެން ލޮގްކޮށް ބެލެހެއްޓުން.

 - ކަރަންޓު މަސައްކަތުގެ ޒިންމާ އޮންނަ ބިދޭސީ މުވައްޒަފުންނަށް މަސައްކަތަށް ޓްރެއިން   ކުރުވައި މަސައްކަތް ކުރުވުން.

 - ދުވަހު ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ލިޔެ އިދާރީ މުވައްޒަފުންނަށް ލިބޭނެ ގޮތް ހެދުން.

 ސުންގަޑި:

 މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު،23 ނޮވެމްބަރ 2024   ވާ ހޮނިހިރު ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަންގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ   ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 ވަޒީފާތަކަށް އެދޭ ފޯމު މިކޯޕަރޭޝަންގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް   ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ   ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް   އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު   ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު   ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާ ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)

 އިންޓަވިއު:

 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ނޮވެމްބަރ / ޑިސެމްބަރ މަހުގެ   ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.

                               14 ޖުމާދަލްއޫލާ 1446

16 ނޮވެންބަރު 2024
ހޯދާ