ދިވެހިރާއްޖެ
އިޢުލާން:
ދަނގެތީ ދޯނި އެހެލާ ސަރަޙައްދުގައި އުޞޫލާއި ޚިލާފަށް ހަދާފައިހުރި ގުދަންތައް ނެގުމާއި ގުޅޭ
"އދ.ދަނގެތީ އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލު ކުރާނެގޮތުގެ އުޞޫލު" އާއި ޚިލާފަށް ހަދައިގެން ބޭނުންކުރަމުންދާ ހަރުގެތަކާއި ހިޔާކޮށްފައިވާ ފުރާޅުތައް ނެގުމަށްޓަކައި މިއިދާރާގެ ނަމްބަރ (IUL)352/352/2024/44 (12 އޮގަސްޓް 2024) އިޢުލާނުން ޢާންމުކޮށް ވާނީ ރައްޔިތުންނަށް އެންގިފައެވެ.
ނަމަވެސް، މުއްދަތު ހަމަވިއިރު ހިޔާކޮށް ބިއްބައްދައިގެން ހަދާފައިވާ ގުދަންފަދަ ތަންތަން ނަގާފައި ނުވާތީ އެފަދަ ތަންތަން ކައުންސިލުން ނެގުމަށްފަހު އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރާ އުޞޫލުގެ 10 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެފަރާތްތަކާއި މެދު ޢަމަލު ކުރަމުން ގެންދާނަމެވެ.
އެގޮތުން، 25 ނޮވެމްބަރ 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް އެފަދަ ގުދަންތައް ނަގައި ތަން ސާފުކުރެއްވުމަށް އަންގަމެވެ. މިމުއްދަތު ހަމަވާއިރު ނުނަގާ ހުރި ތަންތަން އިތުރު އެންގުމަކާއި ނުލައި މިއިދާރާއިން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިފަދަ ތަންތަން ނެގުމުގެ ތެރޭގައި މުދަލަކަށް ލިބޭ ގެއްލުމުގެ އެއްވެސް ޒިންމާއެއް މިއިދާރާއިން ނުނަގާނެކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.