ދިވެހިރާއްޖެ
ގަމު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް 1 (އެކެއް) އަހަރު ދުވަހަށް ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގެ ކުރިން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ރަޖިސްޓަރީ ވުމަށް ބޭނުންވާ ފޯމާއި، ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ވެސް ލިބެން ހުންނާނެ އެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު ފޮނުއްވާނީ މި އިދާރާގެ އީމެއިލް [email protected] އަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ސުންގަޑި |
އަންދާސީހިސާބު ހުށަހެޅުން |
25 ނޮވެންބަރު 2024 (ހޯމަ) ދުވަހުގެ 14:00 |
26 ނޮވެންބަރު 2024 (އަންގާރަ) ދުވަހުގެ 10:30 (ގުރަހަ މާލަން) |
އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ނުވާ އެއްވެސް ފަރާތެއްގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6805905 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.