ދިވެހިރާއްޖެ
ނަންބަރ: GS-165/IUL/2024/16
01 ޖެނުއަރީ 2025 އިން 31 ޑިސެމްބަރ 2025ގެ ނިޔަލަށް މިސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓާނޭ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން ދަންނަވަމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވޭވަށު ސުކޫލް |
18 ނޮވެމްބަރ 2024 |
ހޯމަ |
11:45 |
އަންދާސީ ހިސާބު ހުށައެޅުން |
ވޭވަށު ސުކޫލް |
21 ނޮވެމްބަރ 2024 |
ބުރާސްފަތި |
11:45 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މ. ވޭވަށު ސުކޫލް ނަންބަރު 7952906 ފޯނަށް ގުޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވާނީ [email protected] އަށެވެ.
12 ޖުމާދަލް އައްވަލް 1446
14 ނޮވެމްބަރު 2024