ގާދިއްފުށީ ސްކޫލް، ތ. ގާދިއްފުށި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރު މިސްކޫލްގެ ސެކިއުރެޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ކޮންޓްރެކްޓް އުސޫލުން މީލާދީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 13 ނޮވެމްބަރ 2024 އިން 21 ނޮވެމްބަރ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ގާދިއްފުށީ ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
- މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހަޅުއްވަންވާނީ އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާ މަޢުލޫމާތު ކަރުދާސް ރަނގަޅަށް ކިޔުމަށްފަހު އެއްވެސް އޮޅުންއަރާ ކަމެއް ވާނަމަ ސާފުކުރުމަށްފަހުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 24 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ގާދިއްފުށީ ސްކޫލްގައެވެ.
ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ގާދިއްފުށީ ސްކޫލް / ތ.ގާދިއްފުށި
- ފޯން: 9339033, 7917726
- އީ-މެއިލް:[email protected]
14 ނޮވެންބަރު 2024
ހޯދާ