މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - ކޮންސަލްޓަންސީ ފާރމެއް ހޯދުމަށް

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް P177040

ގްރާންޓް ނަންބަރު: E047-MV

 

މަސައްކަތުގެ ބާވަތް: ނޭޝަނަލް ޑޭޓާ ސެންޓަރާއި ނޭޝަނަލް ކޮންޕިއުޓަރ ނެޓްވޯކްގެ ބިޒްނަސް ކޮންޓިނިއުޓީ އެންޑް ޑިޒާސްޓަރ ރިކަވަރީ ޕްލޭނެއް އެކުލަވާލުމަށް ކޮންސަލްޓެންސީ ފަރމެއް ހޯދުމަށް

ރިފަރެންސް ނަންބަރު:  MV-MOECCT-DMADD-459312-CS-QCBS

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ލިބިފައިވާ ފައިސާގެ ތެރެއިން ބައެއް ކޮންސަލްޓެންސީގެ ހިދުމަތް ހޯދުމަށް ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޮންސަލްޓަންސީގެ މައިގަނޑު މަސައްކަތަކީ، ޑޭޓާ ސެންޓަރު އަދި ނެޓްވޯކްގެ އޮޕަރޭޝަންތަކަށް ހުރި ނުރައްކާތައް ދެނެގަނެ، ގަސްތުގައި ނުވަތަ ކާރިސާއެއްގެ ސަބަބުން އެން.ސީ.އައި.ޓީގެ އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ހުރި ހުރަސްތައް މެނޭޖްކުރުމަށް ބޭނުންވާ ސިޔާސަތުތަކާއި ފްރޭމްވޯކްތަކާއި ޕްރޮގްރާމްތައް އެކުލަވާލައި، އެފަދަ ހާލަތްތަކުން އަރައިގަތުމަށްޓަކައި އެން.ސީ.އައި.ޓީގެ ޑިޒާސްޓަރ ރިކަވަރީ ކެޕޭބިލިޓީ އިތުރުކުރުމެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ޝަރުތު ހަމަވާ ކޮންސަލްޓިންގ ފާރމްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، މަސައްކަތުގެ ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު، މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔެކިޔުންތައް) ހުށަހަޅަންވާނެއެވެ. މި ޚިދުމަތަށް ޝޯޓްލިސްޓްކުރުމުގެ ޝަރުތުތަކަކީ؛ (ހ) އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ނުވަތަ މިފަދަ މަސައްކަތްތަކާ ގުޅޭ ކޮންސަލްޓެންސީ ޚިދުމަތްތަކުގައި މަދުވެގެން ތިން (3) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، (ށ) ބިޒްނަސް ކޮންޓިނިއުޓީ، ޑިޒާސްޓަރ ރިކަވަރީ ނުވަތަ މި މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން އެއް (1) ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ނިންމާފައިވުން. ޝޯޓްލިސްޓް ކުރުމުގެ މަރުހަލާގައި ކީ އެކްސްޕާރޓުން އިވެލުއޭޓެއް ނުކުރާނެއެވެ. ނަމަވެސް، ހުށަހަޅުއްވާ ކޮންމެ ކީ އެކްސްޕާޓެއް ހުށަހަޅުއްވާފައިވާ މަޤާމު ސާފުކޮށް ބަޔާން ކުރަންވާނެއެވެ.

މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ހަތަރުވަނަ އެޑިޝަން، ނޮވެންބަރު 2020" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ ސެކްޝަން 3 ޕޮއިންޓް 3.14، 3.16 އަދި 3.17 ވަނަ މާއްދާ ރަނގަޅަށް ކިޔުއްވުމަށް ދަންނަވަމެވެ.

މި ކޮންސަލްޓަންސީ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެހެން ފާރމްތަކާއި އެސޯސިއޭޓްވެގެން އެކްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅިދާނެއެވެ. މިގޮތުން އެހެން ފާރމްތަކާއި އެސޯސިއޭޓް ވާނަމަ، އެސޯސިއޭޝަންގެ ބާވަތް (ޖޮއިންޓް ވެންޗަރ ނުވަތަ ސަބްކޮންސަލްޓަންޓް) ސާފުކޮށް ލިޔުމުން އެނގެން އޮންނަންވާނެއެވެ. ޖޮއިންޓް ވެންޗަރގެ ގޮތުގައި ކުރިމަތިލުމަށްފަހު މި މަސައްކަތައް ހޮވިއްޖެނަމަ، މި މަސައްކަތުގައި ދިމާވާ ކޮންމެ ކަމެއްގައި ހުރިހާ ފާރމްތަކުން ހަމަހަމައަށް ޒިންމާ ނަގަންޖެހޭނެއެވެ.

މި ކޮންސަލްޓެންސީއަށް ފަރާތެއް ހޮވުމުގައި ބޭނުންކުރާނީ ވޯލްޑް ބޭންކްގެ ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯ އައި.ޕީ.އެފް ބޮރޯވާސްގެ ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) އުސޫލެވެ.

މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން   www.mohst.gov.mv ލިބެން ހުންނާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2024 ޑިސެންބަރު 2 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،

ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ފޯނު ނަންބަރު: +(960)330-2253

14 ނޮވެންބަރު 2024
ހޯދާ