ދިވެހިރާއްޖެ
ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން (ފުރަތަމަ އިޢުލާން)
ސައުތުއަރި މެރިންޕާކަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން، 5 ޖޫން 2009 ގައި، އިޢުލާނު ނަންބަރު 138-EE/2009/19 އާ ހަވާލާދީ ޙިމާޔަތްކޮށްފައިވާ 'އަރި އަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރުކަނުން ފެށިގެން ދިގުރަށުގެ ފަރުގެ އުތުރުކަނާ ދޭތެރޭގައިވާ ރަށްތަކުގެ ފަރުގެ ބޭރު ތޮށިން ފެށިގެން 1 ކިލޯމީޓަރު'ގެ ސަރަހައްދެކެވެ. ޤުދުރަތީ ވަސީލަތްތަކާއި ދިރުންތަކުގެ މުއްސަނދި ކަމުގެ ސަބަބުން މި ސަރަހައްދަކީ ދުނިޔޭގެ ފެންވަރުގައި މުޅި އަހަރުތެރޭގައި ފެހުރިހި ފެންނަ ކަމަށް ފާހަގަ ކޮށްލެވޭ ސަރަހައްދެކެވެ. އަދި މިސަރަހައްދަކީ 'ސައުތުއަރި މެރިންޕާކް ސަރަހައްދު' ކަމުގައި ހަމަޖައްސައި ޢާންމުކޮށް އަންގާ އިޢުލާން ކޮށްފައިވަނީ އިޢުލާނު ނަންބަރު438-ENV/438/2019 އާ ހަވާލާދީ 11 ޖުލައި 2019 އިން ފެށިގެންނެވެ.
ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށް އެޑްވައިސަރީ ކޮމިޓީގައި ހިމެނޭ މެންބަރުންގެ ގޮތުގައި ތިރީގައިވާ ދާއިރާތަކުގެ ތެރެއިން މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމް: |
ސައުތުއަރި މެރިންޕާކު ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ އެޑްވައިސަރީ ކޮމިޓީގެ މެންބަރު |
މެންބަރުން ބޭނުންވާ ޢަދަދު: |
ފަހެއް (05)
|
އަސާސީ ޝަރުތުތައް: |
1) ރިސޯޓް ތަމްސީލުކުރާ ފަރާތްތަކުން، ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
2) ގެސްޓް ހައުސް ނުވަތަ ޑައިވް ސެންޓަރ ތަމްސީލުކުރާ ފަރާތްތަކުން، ތިރީގައިވާ ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
3) މި ސަރަހައްދުގައި ހަރަކާތްތެރިވާ އެން.ޖީ.އޯ ރެޕްރެސެންޓޭޓިވް ތިރީގައިވާ ޝަރުތުތައް ފުރިހަމަ ކުރަން ވާނެއެވެ.
4) މަސްވެރިކަމުގެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާ މެންބަރަކީ މަސްވެރިކަމުގެ ދާއިރާއިން މަސައްކަތް ކުރާ މީހަކަށްވުން ނުވަތަ މަސްވެރިކަމުގެ ދާއިރާއިން މަސައްކައްކުރާ ޖަމިއްޔާ/ޖަމާއަތެއްގެ މެންބަރަކަށްވުން. 5) ލިވްއެބޯޑް ދާއިރާގެ ގޮނޑިއަކަށް ކުރިމަތިލާ މެންބަރަކީ ލިވްއެބޯޑެއްގައި މަސައްކަތް ކުރާ މީހަކަށްވުން.
|
ކޮމިޓީގެ މަސްއޫލިއްޔަތުތައް: |
(1) ހިމާޔަތްކޮށްފައިވާ ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމާއި ބެހޭ ކަންކަމުގައި ލަފާދިނުން (2) ސައުތުއަރި މެރިންޕާކު ސަރަހައްދު ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ލަފާދިނުން (3) ސައުތުއަރި މެރިންޕާކު ސަރަހައްދުގައި ބާއްވާ ޚާއްޞަ އިވެންޓްތަކުގެ ކަންކަމުގައި ލަފާދިނުން (4) ސައުތުއަރި މެރިންޕާކު ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ފީއެއް ނަގާނަމަ އެކަމަށް ލަފާ ދިނުން |
އުޖޫރަ: |
މި މަސައްކަތަކީ އުޖޫރައެއް ކަނޑައެޅިފައިވާ މަސައްކަތެއް ނޫނެވެ. |
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި: |
|
މެންބަރުން ހޮވުމުގެ އިވެލުއޭޝަން ކްރައިޓީރިއާ |
އެކަކަށް ވުރެގިނަ ފަރާތުން އެއް ދާއިރާއަކަށް ކުރިމަތިލައިފިނަމަ، މެންބަރުން ހޮވޭނީ ކުރިމަތިލާ ފަރާތްތްކުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށް ފަހުގައެވެ.
|
ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް، އެންޑް އެނަރޖީ އަށެވެ. ލިޔުންތައް [email protected] އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. |
މި މަގާމަށް ކުރިމަތިލާ ފަރާތުން ތަމްސީލުކުރާނީ އެ ފަރާތެއް ނިސްބަތްވާ ޖަމިއްޔާ ނުވަތަ ތަމްސީލްކުރާ ވިޔަފާރިއެވެ. އަދި ހޮވޭ މެންބަރު މި ކޮމިޓީއިން ވަކިވެއްޖެނަމަ ނުވަތަ އެ މެންބަރު ތަމްސީލުކުރާ ޖަމިއްޔާއިން ނުވަތަ ވިޔަފާރިން ވަކިވެއްޖެނަމަ، އެ ދާއިރާއިން އެހެން މެންބަރެއް ހޮވުމަށް އަލުން އިއުލާންކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018394،3018365 އަށެވެ.