އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ރަޖިސްޓްރީކޮށްފައި ނުވާ އުޅަނދުތައް ނެގުމާއި ބެހޭ

އިޢުލާން

 ރަޖިސްޓްރީކޮށްފައި ނުވާ އުޅަނދުތައް ނެގުމާއި ބެހޭ:

                       މިއަވަށުގެ ހިންގާ ގަރާޖްތަކުގެ ކުރިމަތިން މަގުމަތީގައި އަދި ހުސްބިންތަކުގައި ގިނައަދަދެއްގެ އުޅަނދުތައް ރާއްޖެއިން ބޭރުން އެތެރެކޮށްފައި ބެހެއްޓުމާއި އަދި މަރާމާތު ކުރުމަށްޓަކައި އުޅަނދުތައް ޤަވާއިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައި ހުންނަކަން މިއޮފީހަށްވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް މަގުމައްޗަށް ވެހިކަލްތައް ދޫކޮށްލާފައި ހުރުމަކީ މަގުބޭނުންކުރާ ފަރާތްތަކަށް ދަތިތަކެއް ދިމާވުމުގެ އިތުރުން ނުރައްކާތެރި އެކްސިޑެންޓް ތަކަށް މަގުފަހިވަމުންދާ ކަމެކެވެ.

                       ވީމާ މަތީގައި ދެންނެވިފައިވާ ސަރަހައްދު ތަކުގައި ބަހައްޓާފައިވާ އުޅަނދުތައް އެތަކެތީގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 05 ދުވަހުގެ ތެރޭ ނެގުމަށް އަންގަމެވެ. އަދި މި މުއްދަތުގެތެރޭގައި މިތަކެތި ނުނަގައިފިނަމަ ޤަވާޢިދު ނަންބަރު: 2019/R-984 "ޢާންމު ތަންތަނަށާއި މަގުމައްޗާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާޢިދު" ގައިވާގޮތުގެމަތިން އެތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅައި ފުލުހުންގެ އެހީތެރިކަމާއިއެކު އެސަރަޙައްދުން އެތަކެތިނަގާ ޓޯކުރާނެކަމުގައި  އަންގައި އިޢުލާން ކުރީމެވެ. މިގޮތަށް އުޅަނދުތައް ޓޯކުރުމާއި އެއްތަނުން އަނެއްތަނަށް ބަދަލުކުރުމުގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަށް އަވަށުއޮފީހުން ޒިންމާ ނުވާނެ ވާހަކަވެސް އަންގަމެވެ. އަދި ޓޯކުރެވޭ އުޅަނދުތައް ވަގުތީގޮތުން ގެންދެވޭ ސަރަޙައްދުން 30 ދުވަސް ތެރޭ ނުނަގައިފިނަމަ އެތަކެތި ނައްތާލެވޭނެ ވާހަކަ ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

 

12 ޖުމާދަލްއޫލާ 1446

14 ނޮވެންބަރު 2024

14 ނޮވެންބަރު 2024
ހޯދާ