ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ބުރުނިން ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ދޫކުރުން

ކޮޅުމަޑުލު ބުރުނީގެ ލޭންޑްޔޫސް ޕްލޭނާއި އެއްގޮތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރުމަށް ކަނޑައަޅާފައިއޮތް ހުސްބިމުގެ ތެރެއިން 3000 އަކަފޫޓްގެ 25 ބިން 03 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

ބިން އޮތް ސަރަހައްދު: ދަނޑުވެރިކަން ކުރުމުގެ މަސައްކަތަށް ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ޣާޒީމަގުގެ އުތުރުން ގޮނިފަންނު މަގުގެ އިރުން އޮތް ސަރަހައްދުންނެވެ.

ބިމުގެނަންބަރު:  AG001,AG002,AG003,AG007,AG013,AG017,AG018,AG0019,AG020,AG021,AG022,AG023,AG024,AG025,AG026,AG027,AG028,AG029,AG30,AG031,AG032,AG033,AG034,AG035,AG036

ބިމުގެ ބޮޑުމިން:  60.00 ފޫޓް ދިގު 50.00 ފޫޓް ފުޅާ ( ޖުމްލަ 3000.00 އަކަފޫޓް )

ބިމުގެކުލި:  މިބިމުގެ ކުއްޔަކީ މަހަކަށް -/450ރ ( ހަތަރުސަތޭކަ ފަންސާސް ރުފިޔާ ) އެވެ.

ވީމާ، ބިން ކުއްޔަށްނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއިން ދޫކުރާ " ދަނޑުބިމަށް އެދޭ ފޯމް " ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް ދަންނަވަމެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ބިމަށްވުރެ އިތުރަށް ފޯމް ހުށަހަޅާފައިވާނަމަ ބިންދޫކުރާނީ ގުރުއަތުލައިގެންނެވެ. ނަމަވެސް ދޫކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ހުށަހަޅާފައިވާ ފަރާތް މަދުނަމަ ހުށަހެޅި ފަރާތްތަކަށް ބިން ދޫކުރެވޭނެއެވެ.

މިހެންވެ، މިކަން އެންގުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

06 ނޮވެންބަރު 2024
ހޯދާ