ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހި ލިބާސް ތައްޔާރުކޮށްދިނުމުގެ ކުރުކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ގދ.މަޑަވެލި ކައުންސިލާއި ގދ. މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން 21 ނޮވެމްބަރ 2024 ވާ ބުރާސްފަތި ދުވަހު ދިވެހި ލިބާސް ތައްޔާރުކޮށްދިނުމުގެ ކުރުކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޮންމެ ބައިވެރިއެއްގެ އަތުން 150.00ރ ގެ ފީއެއް ނަގައިގެންނެވެ.  މިއީ 15 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވޭ ކޯހެކެވެ. އަދި މިކޯހުގައި ފުރުސަތު ދެވޭނީ ބައިވެރިވާ ތަރުތީބުން 20  ބައިވެރިންނަށް ކަމުގައި ދަންނަވަމެވެ.

ވީމާ، މި ކޯހުގައި ބައިވެރިވުމަށް  ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ނުވަތަ މިއިދާރާގެ ހޮޓްލައިން ނަންބަރ 9356677 އަށް (ބައިވެރިވާ ފަރާތުގެ ނަން، އެޑްރެސް، އައިޑީކާޑު ނަންބަރ އަދި ފޯނު ނަންބަރ) މެސެޖުކޮށްގެން ބައިވެރިވެ ވަޑައިގަތުމަށް ދެންނެވީމެވެ. މިކޯހުގެ ބައިވެރިވުމުގެ ސުންގަޑިއަކީ 19 ނޮވެމްބަރ 2024ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ކަމުގައި ދެންނެވީމެވެ.

ފޯމް ލިންކް: https://forms.gle/Qk8zxKUNy52J2kh87

 

        މިކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ލިސްޓް 20 ނޮވެމްބަރ 2024ގައި މިއިދާރާގެ ވައިބަރ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ.

          މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ނޮވެންބަރު 2024
ހޯދާ