ދިވެހިރާއްޖެ
(IUL)TAH-A/TAH/2024/40ނަންބަރ:
އިޢުލާން
ތ.ތިމަރަފުށީ ޞިއްޙީމަރުކަޒުގެ ލަކުޑިދޮރުތަށް އެލުމެނިއަމް ދޮރަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 26 ނޮވެންބަރު 2024 ވަނަ
ދުވަހު 13:00 އަށް މިއޮފީހަށް ( ތ.އަތޮޅު ހޮސްޕިޓަލް ) ނުވަތަ ތ.ތިމަރަފުށީ ޞިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރަޖިސްޓްރީވުން 21 ނޮވެންބަރު 2024، 13:00 ގެ ކުރިން
ބިޑް ހުޅުވުން 26 ނޮވެންބަރު 2024، 13:00 އަށް
ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށް މި އިއުލާނާއި އެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު 21 ނޮވެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ
ކުރިން [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށާއި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ
ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.
13 ނޮވެންބަރު 2024