ދިވެހިރާއްޖެ
އިޢުލާން
ފުޓްބޯޅަދަނޑުގެ މެއިންއެންޓްރެންސްތަކާއި ބޯލްގޭޓްތައް ހަދައިހަރުކޮށްދޭނެ ފަރާތެއް ހޯދުން:-
މި އިދާރާގެ ނަމްބަރ 343/343/2024/101 ( 20.10.2024 ) އިޢުލާނާގައިވާ ފުޓްބޯޅަދަނޑުގެ މެއިން އެންޓްރެންސްތަކާއި ބޯލްގޭޓްތައް ހަދައިހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ހުށައަޅާފައިވާ އެސްޓިމޭޓް ބޮޑުކަމަށް ޤަބޫލުކުރެވޭތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިރަށު ފުޓްބޯޅަދަނޑުގެ މެއިންއެންޓްރެންސްތަކާއި ބޯލްގޭޓްތައް ހަދައި ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިއިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ މައުލޫމާތު ޝީޓާއ އަދި ޑިޒައިނާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެމަސައްކަތް ކޮށްދިނުމަށް އެދޭފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަސައްކަތްކޮށްދޭނެ އަގު ބަޔާންކޮށް 2024 ނޮވެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 13:00ށް މި އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ. ހުށަހެޅޭ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ ހުށައަޅާ ފަރާތްތަކުގެ ހާޒިރުގައި ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. އެއްވެސްފަރާތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފޮނުއްވާ ބޭފުޅަކީ ކޮންފަރާތަކުން ފޮނުވާ ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660900 ނަންބަރާއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
13 ނޮވެމްބަރ 2024